ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Mar 2023 | 10:45
ހަވާ އަރުވައި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަވާ އަރުވައި، ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ގދ.ފަރެސްމާތޮޑާގައި އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހުޅުވައި ދެއްވައިފިއެވެ.

މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ރޭގެ ހަފްލާއަށް ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމުން ރައީސް އަށް އިސްވެ މަރުހަބާ ދެންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ރަށު ކައުންސިލް މެންބަރުންނާއި ރައްޔިތުންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީ ކޮށްފައިވާ ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގި ކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމްކޮށް، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކޮށްފައިވެއެވެ. އަދި މި އެއަރޕޯޓަކީ ވައިގެ ބަނދަރެއްގައި ހުންނަންޖެހޭ އަސާސީ ހުރިހާ ވަސީލަތެއް ފުރިހަމަކުރެވިގެން ނިންމާލެވިފައިވާ އެއަރޕޯޓެއްކަމަށް އެމްޓީސީސީން ބުނެއެވެ. 

ރޭ ހުޅުވި އެއާޕޯޓުގެ ޚިދުމަތްތައް ބުރާސްފަތި ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ދެ ފްލައިޓް އެ އެއާޕޯޓަށް ޖެއްސުމަށް ހަމަ ޖެހިފައިވެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ގެ ދަތުރުތަކަށް މޯލްޑިވިއަނުން މިހާރު ވަނީ މި މަހުގެ 16 އާއި 19 އަށް ހާއްސަ ޕްރޮމޯޝަނަލް ފެއާއަކަށް ވެސް ހުޅުފައެވެ. އޭގެ ދަށުން އެއްކޮޅު ޓިކެޓެއް 1،574ރ. އަށް ވިއްކާ އިރު، ރިޓާން ޓިކެޓެއްގެ އަގަކީ 3،148ރ. އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.
27 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންހެންމީހާ ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ.
27 Jul 2026
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށެވެ.