ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ބައެއް މެންބަރުން-- ފޮޓޯ/ ވޮއިސް
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ބައެއް މެންބަރުން-- ފޮޓޯ/ ވޮއިސް
ހަބަރު 16 Mar 2023 | 09:48

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިނިވަންކަމާއި ވޯޓުލެވޭނެ ގޮތް ހެދުމުގެ ބިލް މަޖިލީހަށް

ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް އެހެން މީހެއްގެ އެހީތެރިކަމެއް ނެތި، ސިއްރު ވޯޓެެއް ލެވޭ ފަދަ އާލާތެއް ބޭނުންކުރެވޭ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު ބަދަލުކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ލޯފަން މީހުންނަށްވެސް ސިއްރު ވޯޓުލުމުގެ ހައްގު ގާނޫނުން ކަށަވަރު ކޮށްދީފައިވާއިރު މިކަން ކުރުމަށްޓަކައި އެހީތެރިޔަކާއިއެކު ދާ ދިޔުމުގެ ސަބަބުން ހަގީގަތުގައި އެ މީހެއްގެ ވޯޓް ސިއްރު ނުވާނެކަަމަށްބުނެ، އެ މައްސަލަ ހައްލުކޮށް މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގައި މިނިވަންކަމާއިއެކު ވޯޓުލެވޭނެ ގޮތެއް ހަދައި ދިނުމަށްއެދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ވަނީ ކަމާއިބެހޭ ގިނަ އިދާރާ ތަކާއި މަޝްވަރާތަކެއް ކޮށްފައެވެ.

އަދި އެކަމަށް މަގުފަހިވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ދާދިފަހުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފެނުމުން މަހުރޫމުވެފައިވާ މީހުންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، އެފަރާތްތަކުން ވޯޓުލާއިރު އެކަމަށް ޚާއްސަ ކުރެވިފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް، ސިއްރު ވޯޓެއް ލުމުގެ މަގު ފަހި ކޮށްދިނުމަށް، އިންތިޚާބާއި ބެހޭ އާއްމު ގާނޫނަށް ގެންނަ ބަދަލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވަން ނިންމާފައިވާ ކަމަށެވެ.

"މި ބިލުން، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނެވޭ އިސްލާހަށް ބަލާއިރު، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭ ނަމަ ވޯޓުކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ ، އެތެރެ ފެންނަ ޕްލާސްޓިމް ޑިވައިސް އެއް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވާނެ،" މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ރައީސް އޮފީސް 

މިއުވާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިންތިހާބުތަކުގައި ވޯޓުލުމުގައި ހުރި ދަތިތައް ހައްލުކުރަން ގިނަ ޖަމިއްޔާތަކެއްގެ ހުށަހެޅުންތަކެއް އެބަހުރި ކަމަށާއި ސަރުކާރުން ހުށަހަޅާފައިވާ އެ ބިލު ހުށަހަޅަނީ އެކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އަދި އެއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.