މެރިން އެކްސްޕޯގެ އެމްޓީސީސީ ސްޓޯލް
ވިޔަފާރި
18 Mar 2023 | 16:08
އެމްޓީސީސީ އިން ސްޕޯޓްސްފިޝިން އަށް ޚާއްސަ ލޯންޗެއް މާކެޓަށް ނެރެފި

މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ ގައި އެމްޓީސީސީ އިން ސްޕޯޓްސްފިޝިން އަށް ޚާއްސަ ލޯންޗެއް މާކެޓަށް ނެރެފިއެވެ. 

އެމްޓީސީސީ އިން ބުނީ މިއަހަރުގެ މެރިން އެކްސްޕޯގައި ބައިވެރިވެފައިވަނީ ވަރަށް ގިނަ ޕްރޮޑަކްޓު ތަކަކާއި އެކުކަމަށެވެ. އަދި އައު ޕްރޮޑަކްޓްސް ތަކެއްވެސް ލޯންޗު ކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ކޮންމެ އަހަރަކުވެސް މެއިން ސްޕޮންސާގެ ގޮތުން މެރިން އެކްސްޕޯގައި ބައިވެރިވާ އެމްޓީސީސީ އިން މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ޔަންމާގެ އިންޖީނު މިއަހަރުގެ އެކްސްޕޯގައި ވަނީ މާކެޓަށް ނެރެފައެވެ. އަދި އެ އިންޖީނަކީ 1400 ހޯސް ޕަވަރުގެ އިންޖީނެއްކަމަށާއި އެ އިންޖީނު އެކްސްޕޯގެ ތެރެއިން ފެނިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި އެކްސްޕޯގައި މާކެޓަށް ނެރެވުނު ސްޕޯޓްސްފިޝިން ލޯންޗާއި ބެހޭ އިތުރު މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީ އިން ބުނީ އެ ލޯންޗަކީ ޖަޕާނުގެ ޔަންމާ އިން ބަނދެގެން ގެންނަ ލޯންޗެއް ކަމަށާއި އެ ލޯންޗުގައި އިންބޯޑް އިންޖީނެއް ހުންނާނެ ކަމަށެވެ.

އަދި މި ލޯންޗުގެ ސަބަބުން ރާއްޖޭގެ ރިކްރިއޭޝަނަލް މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ގަންނަންދާ ފައިސާގެ ޢަދަދު ބޮޑު ވިނަމަވެސް މި ލޯންޗަކީ އޮޕްރޭޝަނަލް ކޯސްޓް ވަރަށް ކުޑަ ލޯންޗެއް ކަމަށެވެ. އަދި މިވަގުތު އެކުންފުނިން ތަޢާރަފް މިކުރަނީ 23 ފޫޓޫގެ ލޯންޗެއް ކަމަށާއި އަދި މިލޯންޗުގައި 7 މީހުންގެ ޖާގަ އޮންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ޔަންމާ ކުންފުނީގައި 23 ފޫޓޫން ފެށީގެން 46 ފޫޓުގެ މަސްވެރިކަމަށް ބޭނުންކުރާ މިފަދަ ލޯންޗު ހުންނަކަން ފާހަގަކުރިއެވެ.

އެކްސްޕޯގެ އެމްޓީސީސީގެ ސްޓޯލް އިން މިވަގުތު އެމްޓީސީސީގައި ވިއްކާ ހުރިހާ ސުޒުކީ އައުޓްބޯޑް އިންޖީނެއްވެސް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. 2.5 ހޯސްޕަވަރުން ފެށިގެން 325 ހޯސް ޕަވަރުގެ އިންޖީނު އެމްޓީސީސީ އިން ވިއްކާ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ. އަދި މިވަގުތު ރާއްޖޭގެ ކޮމާޝަލް ދާއިރާގެ އެންމެ ޑިމާންޑު ބޮޑު އިންޖީނަކީ ސުޒުކީގެ 325 ހޯސް ޕަވަރުގެ އިންޖީނު ކަމަށާއި އަދި އެއީ މިވަގުތު ރާއްޖޭގައި ވިއްކާ އެންމެ ތެލުގެ ޚަރަދު ކުޑަ އިންޖީނު ކަމަށްވެސް ބުނެފައިވެއެވެ.

އެކްސްޕޯ ކުރިއަށްދާއިރު ރޯދައަށް ޚާއްސަ ކޮށްގެން އެމްޓީސީސީ ޝޯރޫމްގައި ބޮޑެތި ޑިސްކައުންޓްތަކާއި އެކު ޕްރްމޯޝަން އެއްކުރިއަށް ދާ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީގެ މެރިން އެކްސްޕޯ ސްޓޯލް އޮތީ ކަސްޓަމަރުންނަށް ބޭނުންވަ ހުރިހާ މައުލޫމާތެއް އެރުވޭގޮތަށް ތައްޔާރަށް ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް
ދިޔޯ
ރާއްޖޭގަ އޮތް އެންމެ ބޮޑު ކުންފުނިން ތިއަށްވުރެ ތަންކޮޅެ ރީތިޕްރޮޑަކްޓެއް ނެރެވިދާނެނުން.
19 Mar 2023
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.