ކަސްރަތު ޕްރޮގްރާމް ގައި 1 ހާސިލް ކުރި ޒިހުނާ މުހައްމަދު: ފޮޓޯ/ ނޮޅިވަރަމް ކައުންސިލް
ހަބަރު
19 Mar 2023 | 11:58
ނޮޅިވަރަމް ކަސްރަތު ޕްރޮގްރާމުގައި 12.8ކިލޯ ލުއިކޮށް އެއްވަނަ ޒިހުނާ އަށް

ހދ.ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ނޮޅިވަރަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގުނު ކަސްރަތު ޕުރޮޤްރާމްގައި 12.8 ކިލޯ ލުއިކޮށް އެއްވަނަ ޒިހުނާ މުހައްމަދު ހޯދައިފިއެވެ.

2023 ފެބުރުއަރީ 15 ން 2023 މާރިޗް 15 ށް ނޮޅިވަރަންގެ އަންހެނުންނާއި ފިރިހެނުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި ޕުރޮޤްރާމްގެ މަޤްސަދަކީ ނޮޅިވަރަންގެ ރައްޔިތުންނަކީ ދުޅަހެޔޮ ފުރިހަމަ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި، ރައްޔިތުންގެ މެދުގައި އެންމެ ކުރިންސުރެން އޮންނަ އެއްބައިވަންތަކަން އާލާ ކުރުމާއި ކައުންސިލާއި ފުލުހުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުން ކަމަށް ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެއެވެ. 

އެއްމަސްދުވަހުގެ މުއްދަތަށް ކުރިޔަށްގެންދެވުނު މި ޕްރިގުރާމްގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކަސްރަތުކުރުމުގެ މުޙިއްމުކަމާއި، ޢާއްމު ދިރިއުޅުމުގައި ކަސްރަތު ކުރުމާއި ކެއިން ބުއިން ގެންގުޅޭޖެހޭ ގޮތާއި، ބަރުދަން ބެލުމާއި، ބައިވެރިންގެ ބޮޑީމާސް އިންޑެކްސް ބެލުމާއި، މީގެ އިތުރުން ދިރިއުޅުމުގެ ތެރޭގައި ދިމާވެދާނެ އެކިއެކި މައްސަލަތައް އެންމެން ގުޅިގެންނާއި ވަކިވަކި ފަރުދުންގެ މެދުގައި އެފަދަ މައްސަލަތައް ޙައްލުކުރާނެ ގޮތްތަށް ދަސްކޮށްދިނުމުގެ އިތުރުން ޓީމް ބިލްޑިންގްގެ ގިނަ ކަންތައްތަކެއް ބައިވެރިންނަށް ކިޔައިދެވިފައިވާ ކަމަށް އެ ކޮމިޓީން މައުލޫމާތު ދެއެވެ. 

ކަސްރަތު ޕްރޮގްރާމް ގެ 4 ވަނަ ހާސިލް ކުރި ބައިވެރިޔާ: ފޮޓޯ/ ނޮޅިވަރަމް ކައުންސިލް

އަދި މި ޕުރޮގުރާމްގެ ތެރެއިން ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ސިވިލް ސްޓާފްގެ އިތުރުން ޒުމްބާ ކުލާސް ނަންގަވައިދެއްވި އެ ދާޢިރާގައި ފުންނާބު އުސް ކަނބަލެއް ކަމަށްވާ ކުޅުދުއްފުށި ސިޓީ، މެދަފުށި، ޙަބީބާ އަހުމަދު ވަނީ ބައިވެރިންނަށް އަމާޒުކޮށް 2 ޒުންބާ ކްލާސް ވެސް ހިންގާފައެވެ. 

މި ޕުރޮޤްރާމްގެ ނިމުން ފާހަގަ ކުރައްވާ ބައިވެރިންނަށާއި، ޕުރޮޤްރާމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ސެޓްފިކެޓް ޙަވާލު ކުރުމަށް ޓަކައި 2023 މާރިޗް 16 ވަނަ ދުވަހުގެ ރޭ ނޮޅިވަރަން ސްކޫލް ހޯލްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ނޮޅިވަރަން ސްކޫލްގެ ލީޑިންގ ޓީޗަރ އަލްފާޟިލް އިބްރާޙިމް ވަޙީދުއެވެ. މި ރަސްމިއްޔާތުގައި ނޮޅިވަރަން ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ހުރިހާ މުއައްޒަފުން ވަނީ ބައިވެރިވެފައެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވާފައި ވަނީ ނޮޅިވަރަން ކައުންސިލްގެ ރައީސް އަލްފާޟިލް ޔޫސުފް މޫސާ އާއި ނޮޅިވަރަން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަދުނާން ޢަލީ އާއި ކައުންސިލް ޢިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އާމިނަތު ނަޝާ އާއި ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އިންޗާރޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސިނާން އެވެ.

ޖުމުލަ 61 ބައިވެރިންނާއި އެކު ނިންމާލި މިޕްރޮގުރާމްގައި އެންމެ ބޮޑަށް ބަރުދަން ލުއިކޮއްގެން އެއްވަނަ ބައިވެރިއެއްގެ ގޮތުގައި ހޮވިފައިވާ ޒިހުނާ މުޙައްމަދަށް އިނާމެއްގެ ގޮތުގައި 1500/- ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ. އެއްވަނަ އަށް ހޮވުނީ ފަރާތުގެ އިތުރުން ދެވަނަ އަށް އައި ފަރާތަށް 1000/- ރުފިޔާގެ ފައިސާގެ އިނާމް، ތިންވަނަ ފަރާތަށް -/500 ރުފިޔާގެ ފައިސާގެ އިނާމް އަދި ގަދަ 10 ގައި ހޮވުނު ފަރާތްތަކަށް -/200 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ. 

ކަސްރަތު ޕްރޮގްރާމް ގައި 1,2 އަދި 3 ވަނަ ހާސިލް ކުރި ބައިވެރިން: ފޮޓޯ/ ނޮޅިވަރަމް ކައުންސިލް

ފާއިތުވި އަހަރުވެސް ނޮޅިވަރަންގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން މި ކަސްރަތު ޕްރޮގްރާމް ހިންގާފައިވެއެވެ. 

ނޮޅިވަރަންގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހައްވާ ޒާހިރާ 'ވޮއިސް' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެ ކޮމިޓީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުން ކަމަށެވެ.

އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެ ރަށު ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ހުރިހާ ގޮތަކުންވެސް އެންމެ ގާތުގައި އެހީވެދިނުމުގައި ހުރި ކަމަށްޓަކައި ޒާހިރާ ވަނީ އެ އީދާރާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި އެ ރަށު ކައުންސިލްގެ ފަރާތުން ލިބުނު އެހީއަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.