ޢަބްދުﷲ ރަޝީދު ޖޭޕީގެ ލީޑަރަށް އޭނާގެ މެމްބަރޝިޕް ފޯމް އަރުވަނީ/ ފޮޓޯ: ވީމީޑިއާ
ހަބަރު
21 Mar 2023 | 06:56
އެމްޑީޕީ ދަނގެތި ރައީސް ޢަބްދުﷲ ޖޭޕީ އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ދަނގެތި ދާއިރާގެ ރައީސް ޢަބްދުالله ރަޝީދު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި އެހަމަތަކާއި އުސޫލުގެމަތިން މިހާތަނަށް ހިންގަމުންދިޔަ ހަރުދަނާ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި ނަމަވެސް މިއަދު ޕާޓީތެރެއިން ވަނީ ޑިމޮކްރެޓިކް ހަމަތަކާއި ބީރައްޓެހި ސިފަތަކެއް ފެންނަން ފަށާފައި ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވުމަށް، އެމްޑީޕގެ ޓިކެޓް ކާމިޔާބު ކުރެއްވި ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއެކު، އާންމު މެމްބަރުންނަށް ދައްކަވަމުން ގެންދެވި ތަސައްވުރަކީ ފުޅާ ކޯލިޝަނެއްގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ތަސައްވުރު ކަމަށް ވެސް އިސްތިއުފާގެ ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް މިއަދާ ހަމައަށް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެންޑިޑޭޓާއެކު ރިޔާސީ އިންތިޙާބަށް ނުކުންނެވުމަށް ބައިއަތު ހިއްޕަވާފައި ނުވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ފެޔަށްޖެހެމުންދާކަން އޭނާ ފާހަގަކޮށްފައިވެއެވެ. އަދި އޭނާ އިސްތިއުފާދިނުމަށް ނިންމީ ކަންކަން އެމަގުން ހުރުމުން ކަމަށް ސީޓީގައި ވެއެވެ.

މަޤާމުން އިސްތިއުފާދީ އެމްޑީޕީ އިން ވަކިވިތާ ގިނަ ދުވަހެއް ނުވެ ޢަބްދުالله ވަނީ ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ޕާޓީއާއި ގުޅިފައެވެ. 

މިފަހަކަށް އައިސް އެމްޑީޕީގެ ތެރެއިން މެމްބަރުން އެމްޑީޕީގެ ސިޔާސަތުތަކަށާއި، ޕާޓީ ހިންގަންތިބި ވެރިންނަށް ފާޑު ކިޔުން ވަނީ އިތުރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.