އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)--
ހަބަރު
21 Mar 2023 | 14:36
ގާސިމްގެ އެޑްވައިޒަރުކަން ގަބޫލުނުކޮށް، ހަނަފީ ޖޭޕީން ވަކިވެއްޖެ

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ހަމަޖެއްސުމުން އެ މަގާމު ގަބޫލު ނުކުރައްވައި  މިއަދު އެޕާޓީން ވަކިވެއްޖެއެވެ. 

އިސްތިއުފާ ދިންކަން އަންގައި ހަނަފީ، ގާސިމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޖޭޕީން ވަކިވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަ މި ކުރެވުނު ދުވަސްތަކަކީ ޕާޓީ އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވުނު ދުވަސްތަކެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން މަނިކުފާނު ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ،" ހަނަފީގެ ސިޓީގައި ވެ އެވެ.

ހަނަފީ ވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށްވެސް ކުރިމަތިލަައްވާފައެވެ. ނަމަވެސް އެ މަގާމަށް އޭނާ ހޮވިފައިނުވާއިރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމް އޭނާއަށް ދީފައި ވަނީ ރޭގެ ވަގުތެއްގައެވެ. 

ޖޭޕީން ދިން ފުރުސަތެއްގައި ހަނަފީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް
އަސުރު
ޤާސިމް ގެ އެޑްވައިޒަރުކަން ލިބިވަޑައިގަތީމަ ޤަބޫލްނުކުރެއްވުމަކީ ވެހޭތަނުން ފެން ނުނެގުމާ ހަމަ އެއްފަދަ ކަމެއް. ތިޔަށްވުރެ ޅަ އެއްޗެއް ދުވަހަކުވެސް ނޭޅޭނެ ފަދަ ކަމެއް. ފުރާފުރިހަމަ އަދި ނުވަނީކަމަށް ވާނީ.
21 Mar 2023
އަލިބެ
ބަޔަކު ގާސިމް މޮޔަ ހައްދައިގެން އުލުނަސް ގިނަ މީހުނަށް އިސްލާމީ ގައުމެއްގެ އެންމެ އިސްވެރިޔަކަށް ގައުމުގައި އެންމެ ގިނަ ރާވިއްކާ ސްޕާ ހިންގާމީހާއެއް ދިވެހިން ނުހޮވާނެކަން އެބަ އިނގެއެވެ.
21 Mar 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.