ޑރ ޖަމީލު ޕީޕީއެމް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
22 Mar 2023 | 08:00
ރައީސް ޞާލިހުހާ ޚަރަދުބޮޑު ރައީސެއް އަދި ނާދޭ: ޑރ ޖަމީލު

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި އެންމެ ޚަރަދުބޮޑު ރައީސްކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ބޭކާރު ދަތުރުފުޅުތަކަށް ބޮޑެތި ޚަރަދުތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވަނީ ރައީސް ޞާލިހުގެ ދެކަންބަލުން އަދި އަރިހުގައި ސަރުކާރުގެ ބޮޑު ވަފުދަކާއެކު ޖަރުމަނުގައި ކުރިއަށް ގެންދިޔަ ޓޫރިޒަމް ފެއާ އައިޓީބީ ބާލިން 2023 އަށް ވަޑައިގެން އެތަނުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފަ އެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހު އަބަދުވެސް އިސްކުރައްވަނީ އަމިއްލަ ޝަޢުޤު ފުރިހަމަ ކުރުން ކަމަށެވެ. ރައީސް ޞާލިހުގެ އެ ދަތުރުފުޅުގެ އެ ދަތުރުފުޅުން އެކަނި ރައްޔިތުންނަށް މިލިއަނުން ގެއްލުވެފައިވާކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ. 

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ޞާލިހުވަރުގެ ޚަރަދުބޮޑު ވެރިއަކު އަދި ރާއްޖޭގެ ވެރިކަަމަށް ނާންނަކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމަކީ ރައްޔިތުންނަށް ގެއްލުން ބޮޑު ވެރިކަމެއް ކަމަށެވެ. 

"ރައްޔިތުންނާ މެދު ވިސްނުމަށްވުރެ ރ. އިބްރާހިމް މުޙައްމަދު ޞާލިހު މަސައްކަތްކުރައްވަނީ އަމިއްލަ ޝައުޤް ފުރިހަމަކުރެއްވޭތޯ. ޖަރުމަނު ދަތުރުގައި، ރިޒް ކާލްޓަންގައި 30އަށްވުރެ ގިނަ މީހުންނާއެކު؛ ރައްޔިތުންނަށް މިލިއަނުން ގެއްލުން. މިހާ ޚަރަދު ބޮޑު ރައީސެއް އަދި ނާދޭ. މިއީ ގެއްލުން ބޮޑު ވެރިކަމެއް"

ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު 1 ޖެނުއަރީ 2023 އިން 9 ފެބުރުއަރީ 2023 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 15.5 ނުވަތަ 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ވަނީ ހާމަވެފަ އެވެ. 

މިއީ މިދިޔަ އަހަރަށްވުރެ 1.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 13.6 މިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.