ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ--
ހަބަރު
22 Mar 2023 | 11:17
ފާޑު ކިޔުންތަކުން ރެކެން މާރިޔާ ކުޅުއްވީ "އަންހެން ކާޑު"!

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސެކިއުރިޓީން އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފެއިލް ވި ކަމަށާ، އެކަމުގެ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަގަންޖެހޭނެ ކަމަށްބުނެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެކަމުން ދެކިވަޑައިގަންނަވަން މިނިސްޓަރު މާރިޔާ "އަންހެން ކާޑު" ކުޅުއްވައިފިއެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ގެކޮޅަށް ވަޑައިގެންނެވި މަގުމަތިން އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ޑިފެންސް މިނިސްޓްރީ އަށާއި މާރިޔާއަށްވެސް އަމާޒު ވަމުންދާއިރު، މާރިޔާ މަޖިލީހަށް ހާޒިރުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލަ އެއްވެސް އިދިކޮޅުން މަޖިލީހަށް ހުށަހެޅިއެވެ. 

އެކަމާއި ގުޅިގެން، މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ފިރިހެން ބޭފުޅުން މިނިސްޓަރު ކަން އަދާކުރައްވާ މިނިސްޓްރީތަކުގައި ހިނގާ ނުރަނގަޅު ކަންކަމުގެ ޒިންމާ ފިރިހެން މިނިސްޓަރު އުފުއްލަވަން ނުޖެހޭ ކަމަށާ އެފަދަ ފާޑުކިޔުންތައް އެ މިނިސްޓަރަށް އަމާޒު ނުކުރާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.  

"އައިޖީއެމްއެޗް އިން ހިންގާ އޮޕަރޭޝަނެއްގައި ނުބައިކޮށް ކަމެއް ވެއްޖެ ނަމަ، އެކަކުވެސް އެކަމުގެ ޒިންމާ ހެލްތު މިނިސްޓަރުގެ ބޮލުގައި ނާޅުވާ. ފުލުހުންނަށް ކުރެވޭ ނުރަނގަޅު ކަންކަމުގެ ޒިންމާ ހޯމް މިނިސްޓަރު ގެ ބޮލުގައި އެކަކުވެސް ނާޅުވާ. އެކަމަކު، އޮޕަރޭޝަނަލް ލެވެލް އެއްގައި ނަމަވެސް އެމްއެންޑީއެފްގައި ކަމެއް ހިނގައިފި ނަމަ، އަންހެން ޑިފެންސް މިނިސްޓަރު އެކަމުގެ ޒިންމާ ނަގަން މި ޖެހެނީ. އަދި މިއީ "އަންހެނުން އިހުތިފާލުކުރާ" މަސް." މާރިޔާ ވިދާޅުވި އެވެ. 

މާރިޔާ މިފަދައިން ވިދާޅުވެ އަންހެން ކާޑު ކުޅުއްވި ނަމަވެސް، މީގެ ކުރިން ކޮވިޑް ތެރޭގައި ވެންޓިލޭޓަރު މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ފޮނުވުނެވެ. އެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަމީން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. 

އަމީންގެ އިތުރުން މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، ދެއްކެވި ވާހަކަތަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ވެސް މަޖިލީހަށް ފޮނުވުނެވެ. 

ކޮމެންޓް
އާދަމް
މާރިޔާ މިހާރުވަނީ މުޅިން ބައު ވެފައެވެ. އެރިޔަލުގައި ފޮތިއަޅަން ތިނޯސް ޖެހީމަ ތިނޯސް ވަޅުގައި ތިނޯސް ވެސް ހަރުނުލައެވެ.
23 Mar 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.