ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު--
ހަބަރު
22 Mar 2023 | 14:00
އާޒިމާ މާރިޔާ އަށް: ތިއީ ތި ވިދާޅުވާ ފަދަ އަންހެން ލީޑަރެއް ނަމަ ނިގާބު އެޅި ދަރިވަރުންގެ ހައްގުގައި ތެދުވޭ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވި ފާޑުކިޔުންތަކުން ރެކެން ވެގެން "އަންހެން ކާޑު" ކުޅުއްވުމުން، ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ބަހުގެ ހަމަލާތަކެއް މާރިޔާއަށް އަމާޒުވެއްޖެ އެވެ. 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ގެކޮޅަށް ވަޑައިގެންނެވި މަގުމަތިން އިދިކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅުން-- ފޮޓޯ/ ވޮއިސް

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ޑިފެންސް މިނިސްޓްރީ އަށާއި މާރިޔާއަށްވެސް އަމާޒު ވަމުންދާއިރު، އެކަމާއި ގުޅިގެން މާރިޔާ މަޖިލީހަށް ހާޒިރުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި ކުއްލި މައްސަލަ އެއްވެސް އިދިކޮޅުން މަޖިލީހަށް ހުށަހެޅިއެވެ. 

އެކަމާއި ގުޅިގެން، މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެފަދަ ފާޑުކިޔުންތައް އޭނާއަށް އަމާޒުވީ އޭނާ އަކީ އަންހެން މިނިސްޓަރެއް ވީމާ ކަމަށް ވިދާޅުވެފައެވެ. 

"އައިޖީއެމްއެޗް އިން ހިންގާ އޮޕަރޭޝަނެއްގައި ނުބައިކޮށް ކަމެއް ވެއްޖެ ނަމަ، އެކަކުވެސް އެކަމުގެ ޒިންމާ ހެލްތު މިނިސްޓަރުގެ ބޮލުގައި ނާޅުވާ. ފުލުހުންނަށް ކުރެވޭ ނުރަނގަޅު ކަންކަމުގެ ޒިންމާ ހޯމް މިނިސްޓަރު ގެ ބޮލުގައި އެކަކުވެސް ނާޅުވާ. އެކަމަކު، އޮޕަރޭޝަނަލް ލެވެލް އެއްގައި ނަމަވެސް އެމްއެންޑީއެފްގައި ކަމެއް ހިނގައިފި ނަމަ، އަންހެން ޑިފެންސް މިނިސްޓަރު އެކަމުގެ ޒިންމާ ނަގަން މި ޖެހެނީ. އަދި މިއީ "އަންހެނުން އިހުތިފާލުކުރާ" މަސް." މާރިޔާ ވިދާޅުވި އެވެ. 

މާރިޔާގެ އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ފޭސްބުކު ގައި ހިއްސާކުރައްވައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހިނގައިދިޔަ ހުރިހާ ނުރަނގަޅު ކަންކަނުގެ ޒިންމާ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވައި، މާރިޔާ ވާހަކަދެއްކެވިކަން ހަނދުމަފުޅު ނެތީތޯ ސުވާލު ކުރައްވާފައެވެ. 

"2014 ވަނަ އަހަރު (ޔާމީންގެ ސަރުކާރުގައި) ބަލިމީހެއްގެ ގަޔަށް (އެއިޑްސް ޖެހިފައިވާ މީހެއްގެ) ލޭ އެޅުނު މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރަށް ހުރި ޑރ. މަރިޔަމް ޝަކީލާ (އަންހެނެއް) މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލިއިރު އިސް ސަފުގައި ހުރީ ތި ބޭފުޅާ." މާރިޔާ އަށް ރައްދުވަމުން އާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

މިއާއެކު އާޒިމާ ވަނީ، ރާއްޖޭގެ ފުރަތަމަ އަންހެން ޤާނޫނީ ވަކީލު ކަމަށް ވެހުރެ ރާއްޖޭގެ ޤާނޫނު އަސާސީ ފައިދަށުލައި އެ މައްޗަށް ކޮއްޅަށް ވެސް މާރިޔާ އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން އާޒިމާ ވަނީ، އަންހެނުންނަށް ޓަކައި މާރިޔާ ތެދުވީ ކޮން އިރަކުތޯ ސުވާލު ކުރައްވައި، މީގެ ކުރިންވެސް މާރިޔާ މަސައްކަތް ކުރައްވަމުންދިޔައީ، އަނިޔާ ލިބެމުންދިޔަ އަންހެން މީހާގެ ހައްގުގައި ތެދުވުމުގެ ބަދަލުގައި، އޭނާއަށް އަނިޔާކުރި މީހުންނާއިއެކު ހުރެ، މަސައްކަތުގެ މާހައުލުގައި އުޅޭ އަންހެނުންނާއި އެމީހުންގެ ދަރިންނަށް ފުރައްސާރަ ކުރުމުގައި ކަމަށް ވިދާޅުވެފައެވެ. 

އާޒިމާ އިތުރަށް ވިދާޅުވީ، މަޖިލީހުގެ ސެކިޔުރިޓީ ސާވިސަސް އިން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ކުރިއާލާ މާރިޔާއަށް އެންގެވި ކަމަށާ އެހެން ނަމަވެސް ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން ނަންގަވަންޖެހޭ ހަރުދަނާ ފިޔަވަޅެއް މާރިޔާ ނުނަންގަވާ ކަމަށެވެ. އަދި ގާނޫނުގައި ވާގޮތުގެ މަތިން އެ މައްސަލަ ފުލުހުންނަށްވެސް އަންގާފައި ނުވާކަން އާޒިމާ ފާހަގަކުރެއްވިއެވެ.  

"ދެން އެ މައްސަލާގައި (ނަޝީދުއަށް ދެވުނު ހަމަލާގެ މައްސަލާގައި) މަޖިލީހަށް ތި ބޭފުޅާ (މާރިޔާ) ދެއްވި ޖަވާބަކީ އެއީ ރިޕޯޓެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ހަމައެކަނި ލިބުނު މައުލޫމާތެއް ކަމަށް." އާޒިމާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ދިން ބޮމުގެ ހަމަލާއަށް ފަހު އެ ސަރަހައްދު. މި ހަމަލާދިނީ 6 މޭ 2021ގެ ރޭގަނޑު 8:27 ގައި.-- ފޮޓޯ/ ދައުރު

އެކަން ހިނގީ އެހެން ގައުމެއްގައި ނަމަ، ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވީސް ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، މާރިޔާ މަގާމުގައި ހުންނެވީ، މިސަރުކާރުގެ ބޭރުގެ "ސްޕޮންސަރުން" ބޭނުންވަނީ މާރިޔާ ފަދަ ގައުމު ވިއްކާލަން ތައްޔާރައް ހުރި ޑިފެންސް މިނިސްޓަރެއް ކަމަށް ވީމާ ކަމަށެވެ. 

"ތިޔައީ ތިޔަ ވިދާޅުވާފަދަ އަންހެން ލީޑަރެއްގެ ހުންނަންޖެހޭ ސިފަތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ނަމަވެސް ހުރި ލީޑަރެއް ނަމަ، ނިގާބު އެޅުމުގެ ސަބަބުން ތަޢުލީމުން މަހްރޫމުވެގެންދާ ދަރިވަރުންގެ ހައްގުގައި ތެދުވެބަލަ. ތިބޭފުޅާ ލަދު ގަންނަންޖެހޭ. ތިޔަ ހުރި ވަޒީފާއަށް ކުފޫ ހަމަ ނުވާކަން ގަބޫލު ކޮށް އިސްތިއުފާދީ." އާޒިމާ ވިދާޅުވި އެވެ. 

ކޮމެންޓް
ފޮނިޓައްޕު ހަސަނު
ރޯދަ ހިފައިގެން ތިބެ ތިކަހަލަ ވައި އަނގަ ތަޅައި އަނެކާގެ މަސް ކެއުމުގެ ބަދަލުގައި އަޅުުކަމާއިގެން ޝާމިލުވެ އުޅުން މާރަނގަޅުވާނެ.
26 Mar 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.