މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)---ފޮޓޯ: މަޖްލިސް
ހަބަރު
26 Mar 2023 | 11:06
ފިކުރެއްގެ ދިރުން ވާނީ ޤާސިމްގެ ހާލަކަށް، ކިންގް މޭކާ އަކަށް ނޫން: ޝަރީފް

ފިކުރެއްގެ ދިރުން ވާނީ ޤާސިމްގެ ހާލަކަށް ކަމަށާއި ކިންގް މޭކާ އަކަށް ނޫން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުމަކީ މިފަހަރުގެ ކިންގމޭކަރ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިއްޔެ (އިންތި) ކުރެއްވި ޓްވީޓްއަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ފިކުރެއްގެ ދިރުން ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ފާޑު ވިދާޅުވަމުން އަންނަ ޝަރީފް ވިދާޅުވެފައިވަނީ އިންތި އެ ވިދާޅުވާ ގޮތަށް ކިންގ މޭކަރ އަކަށް ފިކުރެއްގެ ދިރުން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ފިކުރެއްގެ ދިރުން ވެގެންދާނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ހާލަކަށް ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭނާ އަކީ އަބަދުވެސް ޤާސިމްއަށް ހެޔޮ އެދޭ ރައްޓެއްސަކަށް ވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ޖޭޕީން ވަކިން ނިކުންނަން އިއުލާނު ކުރުމާއެކު ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ. އަދި ޖޭޕީއާއި ފިކުރެއްގެ ދިރުން ގުޅިގެން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް އެކުލަވާލާ ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެކަން ވެސް އިއުލާނުކޮށްފައިވެއެވެ. މިއާއިއެކު މިހާރު ފިކުރެއްގެ ދިރުން އަދި ޖޭޕީއިން ގުޅިގެން އަންނަނީ މެނިފެސްޓޯ އެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.