ޑރ ޖަމީލު ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
26 Mar 2023 | 20:54
ރައީސް ޞާލިހު ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ ހަމަ ހައިރާންވޭ: ޑރ ޖަމީލު

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރެއްގެ ހުވަފެން ދެކިވަޑައިގަންނަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބުރައީސް އަދި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން ދަރަނި އިތުރުކޮށްފައިވާ މިންވަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހަކީ ތަފާތު ސަގާފަތެއްގެ ބޭފުޅެއް ކަމަށެވެ. ނުކުރައްވާނެކަމަށް ވިދާޅުވާ ކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވަމުން ގެންދާކަން ޑރ ޖަމީލު ފާހަގަކުރެއްވިއެވެ. 

އެގޮތުން އެމަނިކުފާނަކީ ދަރަނި ނުގަންނަވާނެކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނަމަވެސް، މި ސަރުކަރުން އުފެއްދި ދަރަންޏާއެކު ދައުލަތުގެ ދަރަނި 100 ބިލިއަނަށްވުރެ މަތިވެފައިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ރިކޯޑު އަދަދެއް ކަމަށެވެ. 

ރައީސް ޞާލިހަކީ ބުހުތާނު ދޮގު ހެއްދެވުމުގައި އެފަދަ ދެވަނައެއް ނުވާ ބޭފުޅެއްކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވީ އެހުރިހާ ކަމެއް ހާމައަށް ފެންނަން ހުރިއިރު ރައީސް ޞާލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވާތީ، އަދި އެ ހުވަފެންފުޅު ދެކެވަޑައިގަންނަވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. 

"ރައީސް ޞާލިހު އަކީ ތަފާތު ސަގާފަތެއްގެ ވެރިޔެއް. ކުރިން ދަރަނި ގޯސްވި. ވެރިކަން ނިންމާލައްވަނީ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް ޖައްސާ އާރިކޯޑެއް އުފައްދާފައި. ބުހުތާން ދޮގު ހެދުމުގައި ދެން މިވަރެއް ހަމަނެތް. ޙައިރާންވޭ ދެވަނަ ދައުރެއްގެ ހުވަފެން ދެކޭތީ"

ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު 

ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް ދަރަނި ރީ-ސްޓްރަކްޗާ ކުރުމަށް މަޖިލީހުން ވަނީ ގޮވާލާފަ އެވެ. 

އެހެން ނަމަވެސް، އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރ ވަނީ ދަރަނި ރީ ސްޓްރަކްޗަރ ކުރުމަށް މިހާރު ގެންގުޅޭ އުސޫލު ފިޔަވައި އެހެން ގޮތަކަށް އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދަރަނި މެނޭޖު ކުރެވޭނެ ކަމުގެ ޔަގީންކަންވެސް އޮތްކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ނާން
ޑޮކްޓަރ ޖަމީލް އަށް އަބަދު ވެރިކަން ފެންނާތީ ހަމަ ކޮސްވެއްޖައިން.
26 Mar 2023
ބިންބި
މާބޮޑަށް ހައިރާންވެސް ރައްޔިތުންނަށް ލިބެންޖެހޭ އެތައް މިލިޔަން ރުފިޔާއެއް އަމިއްލަ އެކައުންޓަށް ލައިގެން އުޅޭ މީހަކު އެއްފަހަރު ބޭރުކޮށްލުމުންވެސް އަނެއްކާވެސް ވެރިކަމާހެދި އުޅޭތީ.
26 Mar 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.