ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)
ހަބަރު
28 Mar 2023 | 13:05
ރަލުގެ ވާހަކަ ދައްކަން ނުކެރެނީ ރާބޯމީހުން މަޖިލީހުގައި ގިނަވީމަތޯ؟: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ރަލުގެ ވާހަކަ ދައްކަން މެންބަރުންނަށް ނުކެރެނީ މަޖިލީހުގައި ރާބޯ މީހުން ގިނަ ވުމުންތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ. 

މޮސްޓާ މިފަދައިން ސުވާލު އުފައްދަވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. 

އެ ގަރާރުގައި ބާރުގަދަ މަސްތުވާތަކެތީގެ ވާހަކަ ވާކަމަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ވާހަކަ ދައްކަނީ ބާރުގަދަ މަސްތުވާތަކެތީގެ ވާހަކަ ކަމަށެވެ. އަދި ބާރު ގަދަ ވިޔަސް ކުޑަ ވިޔަސް މަސްތުވާތަކެތި ވާނީ މަސްތުވާތަކެތި ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގައި އެބައިން 10 އަށްވުރެ ގިނަ ބޮންޑެޑް ވެއަރ ހައުސް. ރާ އެތެރެ ކުރާ މީހުން. މި މީހުންނަނީ އޮނަރަބަލް މީހުންނަށްވެފައި، ރާއްޖޭގައި މަގުމަތީ ރަބަރު ޕެކެޓް ވިއްކަން އުޅޭ މީހުން ގުންޑާއިންނަށް.. ހަމަ ދެ ބައިމީހުންވެސް ވިއްކަނީ މަސްތުވާއެއްޗެހި. އެއްބަޔަކު ގުންޑާއިންނަށް އަނެއް ބަޔަކު އޮނަރަބަލް އިންނަށް. އެއީ ދިވެހި ރާއްޖެއަށް ޚިދުމަތް ކުރާ މީހުންނަށް. ޓެކްސް ދައްކާ މީހުންނަށް. ހަރާމް އެއްޗެއް ހަމަ ހަރާމް ކަމަށް ވާނީ ކޮންމެ ބަޔަކު ވިއްކިޔަސް. 

މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

މޮސްޓާ ވިދާޅުވީ ވަކި ވައްތަރެއްގެ މަސްތުވާއެއްޗެއް ހަލާލް ކޮށްފައި ވަޖި ވައްތަރެއްގެ މަސްތުވާއެއްޗެއް ހުއްދަ ކުރަން އުޅޭތަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ދިވެހި ދައުލަތުގެ ތެރެއިންނާއި ރައްޔިތުންގެ ތެރެއިންވެސް ފެންނަމުންދާ ކަމަށެވެ. 

ރަލުގެ ވާހަކަ މިތަނުގައި އެއްވެސް މީހަކަށް ދައްކަން ނުކެރޭ. އެކީއްވެގެންތޯ؟ ރާބޯ މީހުން މިތަނުގައި ގިނަ ވީމަ ވާ ގޮތެއްތޯ؟ ރޭގަނޑު ނުވައެއްގެ ފަހުން ކޮޅަށް ނުތިބެވޭ މީހުން ގިނަ ވީމަ ވާގޮތެއް ތޯއޭ ރާބޮއިގެން އެވާހަކަ ދައްކަން މިތާނގައި މި ނުކެރެނީ. ވަކި ބައެއް ކުރާ ކަންތައް ތަކެއްގެ ވާހަކަ. ހަމަ ރާ ވެސް ހަރާމޭ.

މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

މޮސްޓާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ޖަރީމާތައް ހިންގާފައި ހުރީ ރާ ބޮއިގެން ކަމަށާ، އެހެން ނަމަވެސް އެކަން ހުއްޓުވައި އެކަމަށް ފިޔަވަޅު އަޅަން މަޖިލީހުން ވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެކަންކަންވެސް ހުއްޓުވަން ޖެހޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ