ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ/ މަޖިލިސް
ހަބަރު
28 Mar 2023 | 13:32
ފެނަކަ، ޕީއެސްއެމް އަދި ވެމްކޯއިން ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަަމަލުކުރަން ފަށައިފި: އަމީރު

ފެނަކަ އާއި ޕީއެސްއެމް އަދި ވެމްކޯއިން ކޯޕަރޭޓް ގަވާނަންސް ކޯޑަށް އަމަލުކުރަމުން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މިނިސްޓަރު އަމީރަށް ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބު އިއްވާފައެވެ. 

އެގޮތުން ބޮންޑެ ކުރެއްވި ސުވާލުގައި ވަނީ، ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވާނަންސް ކޯޑަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ މެދު ޕްރައިވަޓައިޒޭޝަން ބޯޑުން ނުވަތަ ފިނޭންސް މިނިސްޓްރީން މިހާތަނަށް އެއްވެސް އިންޒާރެއްދީ އެންގުމެއް އަންގާ އަދި ފިޔަވަޅެއް އަޅާފައިވޭތޯ އާއި އަޅާފައި ވާނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވުމަށް އެދިފައެވެ.

އެ ސުވާލަށް މިނިސްޓަރު އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ކޯޕަރޭޓް ގަވާނަންސް ކޯޑުގައި ބުނާ ކަންތައްތަކަށް ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި، ކުންފުނިތަކާއި އަދި ޕްރައިވަޓައިޒޭޝަން ބޯޑާ އަބަދުވެސް ބައްދަލުކުރަމުންދާ ކަމަށެވެ.

އަދި މި އަހަރު އަލަށް އައްޔަނުކުރެވުނު ބޯޑު މެމްބަރުންނަށް ކޯޕަރޭޓް ގަވާނަންސް ކޯޑަށް އަމަލުކުރުމާ ގުޅޭ ގޮތުން އާންމު އިރުޝާދުދީ އަދި ކުންފުނީގައި ކޯޕަރޭޓް ގަވާނަންސް ކޯޑާ ގުޅޭ ގޮތުން ފުރިހަމަނުވެ ހުރި ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ފުރިހަމަކުރުމަށް ކީ ޕާފޯމަންސް އިންޑިކޭޓާސް ގޮތުގައި ފާހަގަ ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ކަންތައްތައް ފުރިހަމަ ވެފައިވާ މިންވަރު މި އަހަރު އެކުލަވާލެވޭ ކޯޕަރޭޓް ގަވާނަންސް ރިވިއު ރިޕޯޓް 2022 އަށް ބަލާ އިތުރަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއާއެކު އަމީރު ވިދާޅުވީ ކޯޕަރޭޓް ގަވާނަންސް ކޯޑާ ހަވާލާދީ ވަކި ގޮތަކަށް އަމަލުކުރުމަށް އެންގިފައިވާ ކުންފުނިތަކުގެ ތެރޭގައި ވެމްކޯއާއި ފެނަކަ އަދި ޕީއެސްއެމް ހިމެނޭ ކަމަށެވެ. އަދި އެ ކުންފުނިތަކުން އެގޮތަށް އަމަލުކުރަން ފަށައިފައިވާ ކަމަށް ވެސް އަމީރުގެ ޖަވާބުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.