ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް---ފޮޓޯ: ވޮއިސް
ހަބަރު
30 Mar 2023 | 13:20
ޖޭޕީ ޓިކެޓްގައި ރިޔާސީ ރޭސްއަށް ނިކުންނަވަން ޤާސިމް އިބްރާހިމް ނިންމަވައިފި

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ނިންމަވާފިއެވެ.

އެގޮތުން އެޕާޓީއިން ދާދި ދެންމެއަކު އާންމު ކުރި ސިޓީއެއްގައި ޤާސިމް ވަނީ ރިޔާސީ ކެނޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުންނެއް ތިއްބެވި ނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓްއަށް އިއުލާނު ކުރެވުނު މުއްދަތުގެ ހަމަވެގެން އަންނަމުން ދިޔައިރު ވެސް އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓަށް ވާދަ ކުރުމަށް އެދި ހުށަހަޅާފައިނުވާކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ މެމްބަރުން އެދޭގޮތް ހާސިލުކުރުމަށްޓަކައި އެޕާޓީގެ ފަރާތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޖޭޕީއަކީ ސަރުކާރާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެއް ކަމުގައި ވީނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޖޭޕީ ނިކުންނާނީ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަންއަކުން މީގެ ކުރިން ވަނީ ނިންމާފައެވެ. އަދި ޖޭޕީއާއިއެކު ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކަށް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ޖޭޕީއިން ނެރޭ ކެނޑިޑޭޓަށް ތާއީދު ކުރާނެ ކަމަށް ރޭ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން އިން ވަނީ ޖޭޕީއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ނިންމާފައެވެ. އަދި ރަސްމީކޮށް ޖޭޕީއާއިއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވާއިރުު މެނިފެސްޓޯއެއް އެކުލަވާލުމަށް ވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް
އަލީ ރަޝީދު
މި މުސްލިމް ގައުމުގެ ރައްޔިތުންނެއް ގައުމުގައި އެންމެ ގިނަ ބަނގުރާ ވިއްކާ، އެންމެ ގިނަ ސްޕާ ހިންގާ މީހާއަށް ހަމަހޭގައި ވެރިކަމަށް ވޯޓެއް ނުލާނެއެވެ. ދިވެހިން ދީނެއް ނުވިއްކާނެއެވެ.
30 Mar 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.