އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު
30 Mar 2023 | 23:44
އެމްޑަބްލިއުއެސްސީ ގެ އެމްޑީ، ޝާހުވެސް ޖޭޕީން ވަކިވެ ރައީސް ޞާލިހުގެ ފަޅިއަށް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކޮށް، އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ މަގާމްގައި ހުންނެވި ހަސަން ޝާހުވެސް ޖޭޕީން ވަކިވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކޮށް ޖޭޕީން ވަކިވިކަން އަންގާ އެޕާޓީގެ ލީޑަރ ގާސިމް އިބުރާހިމަށް ފޮނުއްވި ޝާހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރައީސް ސާލިހު ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމާއި ތަރައްގީ ކަމުގައެވެ.

އެހެންކަމުން 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ބުނެފައިވެއެވެ. 

ޖޭޕީން ޝާހު އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާ އަކީ ޖޭޕީގެ ސްލޮޓުގައި އެމްޑަބްލިއުއެސްސީ ގެއެމްޑީ މަގާމަށް އައި ފަރާތެކެވެ.

ޝާހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ ގެ މަގާމުގައި ހުންނެވި އާދަމް އާޒިމްވެސް ވަނީ، ރައީސް ސާލިހަށް ތާއީދުކޮށް ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް
ހުސޭނުބެ
ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ.
31 Mar 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.