ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
01 Apr 2023 | 22:59
ޤާސިމް ވިދާޅުވީ ޖޭޕީން ވަކިވަނީ މަޤާމު ދިފާޢުކުރަން ކަމަށް!

ޖުމްޙޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ އެކި މަޤާމުގައި ތިއްބެވި ފަރާތްތައް އެ ޕާޓީ ދޫކުރައްވާ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާޢީދުކުރައްވާކަން އިއުލާނުކުރައްވަމުން ގެންދަވަނީ އެ ބޭފުޅުން މިހާރު ތިއްބެވި މަޤާމު ދިފާޢުކުރެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްޙޫރީ ޕާޓީން ވަކިން ނިކުމެ އިންތިޚާބުގައި ވާދަކުރަން ނިންމާ އެކަން އިއުލާނުކުރުމާއި ގުޅިގެން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ޖޭޕީން ވަކިވަމުންދާތީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގައި ތިއްބެވި ބައެއް ފަރާތްތައް އިސްތިއުފާދެއްވަމުން ވިދާޅުވެފައިވަނީ އެބޭފުޅުން ޖޭޕީން ވަކިވުމަށް އެދިވަޑައިގަތީ ރައީސް ޞާލިހަށް ތާޢީދުކޮށް އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމުގެ މަސައްކަތުގައި ބައިވެރިވުމަށް ކަމަށެވެ. 

އެހެން ނަމަވެސް ޤާސިމްގެ ޓްވީޓުގައި ވަނީ އެ މޭރުމުން ވާހަކަދެއްކެވުމަކީ ޖުމްހޫރީ ޕާޓީ ބަދުނާމުކުރުންކަމަށް ސިފަކުރައްވާފަ އެވެ. އަދި ޤާސިމް ވަނީ ސަރުކާރު ދިފާއުކުރެއްވުމުގެ ނިޔަތުގައި ޖުމްހޫރީ ޕާޓީ އާއި ޕާޓީގެ ލީޑަޝިޕް ބަދުނާމުވާގޮތަށް ވާހަކަނުދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ޤާސިމް ވިދާޅުވީ ޖުމްޙޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ މަޤާމުގެ ދިފާއުގައި ކަމަށެވެ. އަދި ޖޭޕީން އިސްތިއުފާދެއްވާއިރު އެފަދައިން ސަބަބު ބަޔާންކުރުން ކީއްތޯ އައްސަވާ ޤާސިމް ވަނީ ސުވާލުކުރައްވާފަ އެވެ. 

"ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ؟ "

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާއި ގުޅިގެން ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ރައީސް ޞާލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ. 

އަދި ޖޭޕީގެ މެމްބަރުން އިސްތިއުފާ ނުދެއްވައިފިނަމަ "ވަރަށް ހަޑިކޮށް" މަގާމުތަކުން ވަކިކުރާނެ ކަމުގެ އިންޒާރުވެސް ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ދެއްވަމުން ގެންދަވާއިރު، ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖޭޕީން އިސްތިއުފާދީފަ އެވެ. އަދި ރައީސް ޞާލިހަށް ތާއީދުކުރާކަން ރަސްމީކޮށް އިއުލާނުކުރައްވާފަ އެވެ. 

ކޮމެންޓް
އިއްބެ
އެމީހުންބޭނުންވަނީސްޓޭޓްމިނިސްޓަރުކަން މިނިސްޓަރުކަން ޤާސިމުބޭނުންވަނީރައީސްކަންކޮބައިތަފާތަކީދުނިޔޭގައިއުޅެނީކޮއްމެމީހަކުވެސްއަމިއްލައެދުމަށް
01 Apr 2023
ސަރަގު
ކަލޭ ހޭއެރީއްސުރެން ވެެރިކަން ނުލިބިގެން ހޭކުޑާވަނީ ކޮންމެ ފަސްއަހަރަކުން. ޜައްޔިތުން ދެން ކިހިނެއް ބުނަންވީ ކަލޭކާރީ ނޫނެކޭ
02 Apr 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.