މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު/ ފޮޓޯ: މަޖިލިސް
ހަބަރު
03 Apr 2023 | 16:14
ރައީސް ނަޝީދަށް 3 އަހަރު ވެރިކަން ކޮށްލަން ނޭނގުނު: ރާޝިދު

އެމްޑީޕީގެ ރައީސްގެ މަޤާމު މުޙައްމަދު ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާއިރު ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި 3 އަހަރުވެސް ހިފަހައްޓާ ނުލެވުނުކަމަށް މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ. 

ރާޝިދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ގޮފީގެ ބޭފުޅުންނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ. 

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް އެކި ވަރުގެ ފާޑުކިޔުންތައް އަމާޒުކޮށް، އެ ފަރާތްތަކުގެ އަބުރު ކަތިލުމަށް ތަފާތު ވާހަކަތައް ދައްކަވަމުންދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމުން ކަމަށް ރާޝިދުގެ ޓްވީޓުގައި ވިދާޅުވި އެވެ. 

ނަޝީދު ބޭނުންފުޅުވަނީ ތާއަބަދު ބޮޑުކަން މަތީގައި ހުންނެވުމަށް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅު ނުވާގޮތަށް ޕާޓީގެ ކަންކަން ތަރުތީބުވާން ފެށުމުން އެކަން ހަޖަމުކުރަން ދަތިފުޅުވެގެން އުޅުއްވާކަމަށް އިޝާރާތް ކުރައްވާ ރާޝީދު ވިދާޅުވީ ރައީސް ނަޝީދަކީ ބޮޑުކަން ބޭނުންފުޅުވިޔަސް ވެރިކަމުގެ ދައުރެއް ފުރުހަމަ ކުރަންވެސް އެނގިވަޑައި ނުގެން ބޭފުޅެއް ކަމަށެވެ.  

"އެންމެ ބޮޑު ޕާޓީގެ ރައީސްކަން 18 އަހަރު ކުރިއިރު ވެރިކަން ކޮށްލަން 3 އަހަރުވެސް ނޭނގުނު. ނުވިތާކަށް މިއަދު ޕާޓީވެސް ގެއްލިއްޖެ. ހައްތަހާވެސް މީ އަމިއްލަ އެދުމާހެދި ވާ ގޮތް"

ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު 

ރާޝިދު އިތުރަށް ވިދާޅުވީ ބޮޑުކަން ނުލިބޭ ކޮންމެ ފަހަރަކީ އަދި ތިމާ ނުރުހޭ މީހުންގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

ރާޝިދުގެ އެ ޓްވީޓުގައި ވަނީ ނަޝީދު ފެކްޝަނުން ހިންގާކަމަށް ތުހުމަތުކުރެވޭ ޓްވީޓާ އެކައުންޓަކުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބޮލުގައި އިލްޒާމުތައް އަޅުވާފައިވާ ޓްވީޓެއް ހިއްސާ ކުރައްވާފަ އެވެ. އަދި އެފަދައިން މީހުންގެ ބޮލުގައި އިލްޒާމުތައް އެޅުވުން ރާޝިދު ވަނީ ކުށްވެރި ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.