ޤާސިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
03 Apr 2023 | 22:19
މި ދައުރުގައި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖޭޕީއަކަށް ފުރުސަތެއް ނުލިބުނު: ޤާސިމް

މި ސަރުކާރު ކޯލިޝަންގައި ތިބި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ޖުމްޙޫރީ ޕާޓީއަށް ފުރުސަތު ލިބިފައިނުވާކަމަށް އެ ޕާޓީގެ ލީޑަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނެވެ. 

ޤާސިމް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވި ކޯލިޝަން ސަރުކާރުން އެކުލަވާލި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ޑްރަގާއި ދެކޮޅަށް ކުރާނެ ވަރަށް ގިނަ މަސައްކަތްތަކެއް ހިމަނާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރު ހިއްސާވާ ބައެއްގެ ގޮތުގައި ޖޭޕީ އޮތް ނަމަވެސް ޑްރަގާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުގެ ތެރެއިން ޖޭޕީއަށް ލިބިފައި ނުވާކަމަށް ޤާސިމް ވިދާޅުވި އެވެ. 

"ކޮންމެ ބޭފުޅެއްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، އަޅުގަނޑުމެން ގެނައި މެނިފެސްޓޯގައިވެސް އެ ވާހަކަތައް އޮތް. އެހެން ނަމަވެސް ކަންދިމާކުރި ގޮތުން އެއިން ދާއިރާއެއް ހިންގުމުގެ ބާރުވެރިކަން އަޅުގަނޑުމެންނަށް ލިބިފައެއް ނެތް، އަޅުގަނޑަށް ލިބިފައި ނެތް ވާހަކަ މި ދެންނެވީ"

ޖޭޕީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް އިތުރަށް ވިދާޅުވީ ދައުލަތުގެ ޝައުގުވެރިކަން ހުންނަ ކަންކަން ކުރުމަށް ފައިސާވެސް ހުންނަތަން ފެނިގެންދާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާތައް އުފައްދަންވީމަ، އެކަން ކުރުމަށް ބަޖެޓުވެސް އޮންނަ ކަމަށާއި، އެހެން ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގައި ފައިސާ ނެތްކަމުގެ ބަހަނާތައް ދައްކަމުންދާ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެގޮތުން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންވާ ޒުވާނުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދޭނެ ސެންޓަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި، ޑޮކްޓަރުން ނުހޯދެނީ ފައިސާނެތިގެން ކަމަށް ބުނަނީ އެ މައްސަލަތައް ޙައްލުކުރުމުގެ ޝައުގުވެރިކަމެއް ނެތުމުންކަން ޤާސިމް ފާހަގަކުރެއްވި އެވެ. 

"ބަޔަކަށް ވަޒީފާ ދޭންވީމާ ފެނަކައާއި ރޯޑު ކޯޕަރޭޝަނުން ވަޒީފާތައް އުތުރެމުން އަރައިގަންނަ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ ކުދިން އެކަމުން ސަލާމަތްކުރުމަށް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ ދައްކާއިރު، އެ ދާއިރާތަކުގައި ޚިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން، އަދި ކޮންމެ ކަމެއް ނަމަހީވެސް ނެތިގެން ދާ ދިއުމުން، އޭގެން މި ފެންނަނީ ދައުލަތުގެ ޝައުގުވެރިކަން ހުރި މިންވަރު ނުވަތަ އަހަންމިއްޔަތުކަން ދޭން ބޭނުންވާ މިންވަރު"

ޖޭޕީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހިމް 

އެއާއެކު އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އަދި އެކަމަށްޓަކައި މަޖިލީހުން ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށްވެސް ޤާސިމް ގޮވާލެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.