ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
04 Apr 2023 | 11:37
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމާއި އިތުރު 2 ޕާޓީއަށް ދައުވަތު ދީފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ރަސްމީކޮށް ޢިއުލާނުކޮށްފައިވާ ޖުމްޙޫރީ ޕާޓީން އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމް އާއި އިތުރު ދެޕާޓީއަށް ދައުވަތު ދީފި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްޙޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައއްވާނެކަން އިއުލާނު ކުރުމާއެކު އެ ޕާޓީން ވަނީ ޖޭޕީއަށް ވެރިކަން ހޯދުމަށް އެ ޕާޓީއާއެކު ކޯލިޝަން ހެދުމާއި ގުޅިގެން މަޝްވަރާތައް ފަށާފައެވެ. 

އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ގޮތްޕާއި އެކު ގިނަ މަޝްވަރާތަކެއް ޖޭޕީން ވަނީ ކޮށްފައެވެ. އަދި ޕީޕީއެމް ހިމެނޭހެން 3 ޕާޓީއަކަށް ޖޭޕީން ވަނީ ޖޭޕީ އިސްވެ އޮވެ ހިންގާ ކޯލިޝަންގައި ބައިވެރިވުމަށް ދައުވަތުދީފަ އެވެ. 

ޕީޕީއެމްގެ އިތުރުން ދެން ޖޭޕީން ދައުވަތު ދީފައިވަނީ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރުގެ ޕާޓީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގަޔޫމުގެ މޯލްޑިވސް ރިފޯމް މޫވްމަންޓު (އެމް.އާރު.އެމް) އެވެ. 

ޖޭޕީން ކޯލިޝަން ހަދަން ދައުވަތު އެރުވި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް ނޫން އެހެން ސިޔާސީ ޕާޓީތަކަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޕާޓީތަކެވެ. 

އެގޮތުން ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ޕާޓީގެ ފަރާތުންވަނީ ރަސްމީކޮށް އެމަނިކުފާނަށް ރިޔާސީ ޓިކެޓުވެސް ހަވާލުކުރައްވާފަ އެވެ. 

ޖޭޕީގެ އެ ހުށައެޅުމާއި ގުޅިގެން އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތައް ނާރާނެ ކަމަށެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ނިކުމެވަޑައިގެން އަމިއްލަ ފުޅު ޕާޓީއެއް އުފެއްދެވި ނާޒިމަކީވެސް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ނިކުމެވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް ޖޭޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމްއެންޕީ އަދި އެމްއާރުއެމުންވެސް އަދި މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.