ރައްޔިތުން މަޖްލިސް ޖަލްސާގައި މިނިސްޓަރ އަސްލަމް ވާހަކަދައްކަވަނީ---ފޮޓޯ: މަޖްލިސް
ހަބަރު
04 Apr 2023 | 18:06
ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓު ހަދާނެ ރަށެއް އަދި ނުނިންމޭ: އަސްލަމް

ރ. އަތޮޅު ދެކުނު ބިމުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަކަ ސަރުކާރުން ދެކެވެމުން އައި ނަމަވެސް އެއާޕޯޓް ތަރައްގީ ކުރާނެ ރަށެއް އަދި ކަނޑައެޅިފައިނުވާ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުގެ ބައްދަލުވުމުގައި، އެމްޑީޕީ ސަރުކާރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާނެ ކަމަށް ވިދާޅުވެފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތާއިމެދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަކަ ސަރުކާރުން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށާއި ފަހަކަށް އައިސް އެވާހަކަ ތަންކޮޅެއް ގިނައިން ދެކެވިފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ ސަރުކާރުން ފައިނުގައި އެއަޕޯޓް އަޅަންވެގެން ކޮންމެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.

"ދެން ދެކެވޭ އޮޕްޝަންތަކުގެ ތެރޭގައި ދެތަނެއްގެ ވާހަކަ ދެކެވުނު. އޭގެ ތެރެއިން އެއް ތަނަކީ ބެރިއަންފަރު. ބެރިއަންފަރުގަ އެއަޕޯޓެއް އެޅުމަށް އަޅާނީ ކިހިނެއްތޯ؟" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ މަހެއްހާ ދުވަސް ކުރިން ސަރުކާރުން ރ. އަތޮޅުގެ ބައެއް ރަށްރަށުގެ އަތޮޅު ކައުންސިލްގެ ބޭފުޅުންނާއިއެކު އެއާޕޯޓް އަޅާނެ ތަނަކާއިމެދު މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި އަޅުގަނޑު މިހާރު ގަބޫލްކުރާ ގޮތުގައި އެއާޕޯޓެއް އަޅަން އަތޮޅުގެ ތަރައްގީއަށް ވިސްނާފި ކަމަށް ވެއްޖިއްޔާ އެންމެ ރަނގަޅީ މީހުން ދިރިއުޅޭ ރަށަކާ ގުޅިގެން އެޅެންޏާ އެޅުމޭ އަސްލު. އެހެންނަމަވެސް އެއީ އެކަން ކުރެވެން ހުންނާނެ ތަންތަނުގައި." އަސްލަމް ވިދާޅުވިއެވެ.

މިގޮތަށް ރަށެއްގައި އެއާޕޯޓް އެޅުމަކީ އެރަށެއްގެ ރައްޔިތުންނަށް އެކަމުގެ އިގްތިޞާދީ ފައިދާތައް ވާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރަައްވާފައެވެ.

މިއާއިއެކު މިނިސްޓަރ ވިދާޅުވީ ބަނދަރު އަޅަންނުޖެހުމާއި، ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމްގެ އިތުރުން އެކޮމޮޑޭޝަން ވަކިން އަޅަން ނުޖެހުމަކީ މަސައްކަތުގެ އަގުވެސް ކުޑަ ވެގެން ދާނެ ކަމެއް ކަމަށެވެ.

"އެހެންވީމަ ވަކިން އެއާޕޯޓްއެއް ހެދީމަ ފަޅު ރަށެއްގަ އުޅޭހެން އުޅެންޖެހޭނީ. އެހެންނަމަވެސް ފަހަރެއްގަ ރ. އަތޮޅުގަ އެ އޮޕްޝަން ނޯވެދާނެ. އަޅުގަނޑަށް މިހާ ތަނަށް ބެލި ބެލުމުން އެނުއެއް ފެނޭ. ސީދާ މިވެނި ތަނެއް ކަމުގައި ކަނޑައަޅާ ނިންމާފަކާއެއް ނެތް." އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ