04 Apr 2023 | 16:07
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޑޯމަންޓް (މުއާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށް

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޑޯމަންޓް (މުއާމަލާތް ނުކުރާ އެކައުންޓް) ގެ ގޮތުގައި ހުރި އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށް

ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައވާ ފަދައިން ވިދިވިދިގެން 5 (ފަހެއް) އަހަރުދުވަސްވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓަ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައިކަނޑައަޅައި، މި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިނގައިފައި ނުވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކު ރިކޯޑުތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރިފަރާތްތަކަށް މި ބޭންކުގެ ފަރާތުން ވާނީސޓީ ފޮނުވާފައެވެ. އަދި އެ ގާނޫނުގައިވާ ގޮތުގެ މަތީން މިގޮތަށް ކަސްޓަމަރުންނަށް އެންގުމަށްފަހު، އެ ކަސްޓަމަރުންގެފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އެ ފަރާތްތަކުގެ ނަންތައް ދުވަހު ނޫސްތަކުގައި ޝާއިއުކުރުމަށްފަހު، ދިވެހި ސަރުކާރުގެގެޒެޓުގައި ވެސް އާންމުކުރެވޭނެއެވެ. މގޮތަށް އިޢުލާން ކުރާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމުން، އެ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެ9.) އާ ހަވާލުކުރުމަށްފަހު، އެކައުންޓްތައް ބަންދުކުރުމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ވީމާ، އެކައުންޓް އެކްޓިވް ކުރުމަށް ޓަކައި، ބޭންކުގެ "ކަސްޓަމަރ މަޢުލޫމާތު ފޯމު" ފުރުމަށްފަހު އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހައިފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕއެއް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވެބްސައިޓުގައިވާ މި ލިންކް https://applynow.mib.com.mv  މެދުވެރިކޮށް ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބަރާންޗަކަށް ހުށަހަޅުން އެދެމެވެ.

އެއަށްފަހުގައި އެކައުންޓުން ފައިސާގެ މުއާމަލާތެއް ހިންގުން ވެސް އެދެމެވެ. އަދި 30 މޭ 2023 ގެ ކުރިން އެކްޓިވޭޓްކުރުމަށް  އެދިފައި ނުވާނަމަ، ގާނޫނު ނަންބަރު  24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދއިން ޢަމަލުކުރެވޭނެއެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ހަވާލުކޮށްފައިވާ ފައިސާ ހޯދަން ބޭނުންވާނަމަ، ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށްއެދި ހުށަހަޅާ ފޯމު ފުރުމަށްފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗްތަކަށް ހުށަހެޅުމުން ލިބޭނެ ވާހަކަވެސް އަންގަމެވެ.

ފާއިތުވި ދުވަސްތަކުގައި ތިޔަ ފަރާތުން، މޯލްޑިވްސް އިސްލާމިކް ބޭންކަށް ކުރި އިތުބާރާއި، ދިން އެއްބާރުލުމަށާއި، ބެހެއްޓިގާތްކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، 3011172 ނަންބަރު ފޯނަށް، ނުވަތަ 3011103 ނަންބަރު ނަށް، ނުވަތަ 3011100ނަންބަރު ފޯނަށް ގުޅުން ނުވަތަ[email protected] އަށް އީމެއިލް ކުރުން އެދެމެވެ.

މި ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިނގައިފައި ނުވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކު ރިކޯޑުތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރިފަރާތްތައް ބެލުމަށް ފިތާލައްވާ

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ