ޖޭޕީގެ ލީޑަރު ޤާސިމް. އެމްއެންޕީގެ ރައީސް ނާޒިމު އަދި އުމަރު ނަސީރު/ ފޮޓޯ: ވޮއިސް
ހަބަރު
04 Apr 2023 | 22:49
ޖޭޕީގެ ދަޢުވަތު ނާޒިމުވެސް އުމަރުވެސް ޤަބޫލެއް ނުކުރި!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްޙޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދިން ދަޢުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީން އަދި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރު ޤަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެއްޖެ އެވެ. 

ޖުމްޙޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކަނޑައެޅި ހިސާބުން ޖޭޕީން ވަނީ އެޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނެއް ހެދުމަށް ސިޔާސީ ޕާޓީތަކަށް ދަޢުވަތު ފޮނުވާފައެވެ. އެ ޕާތީތަކުގެ ތެރޭގައި ޕީޕީއެމާއި އެމްއެންޕީ އަދި އެމްއާރުއެމް ވެސް ހިމެނެއެވެ. 

ޖޭޕީގެ ދަޢުވަތާއި ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖުމުހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީއަށް 3 އޭޕްރީލް 2023 ގައި ލިބުމުން، އެ ދަޢުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު އެޕާޓީއިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް ކަމަށެވެ.

އެފަދައިން އެ ޕާޓީން ނިންމާފައިވަނީ ޖޭޕީގެ ދައުވަތު ލިބުމުން އެ ޕާޓީގެ އެގްޒެކެޓިވް ކޮމެޓީއަށް އެކަން ހުށައަޅާ މަޝްވަރާކުރުމަށް ފަހު ކޮމެޓީން އެގޮތަށް ފާސްކުރުމުންކަމަށް އެމްއެންޕީން ވަނީ ހާމަކޮށްފަ އެވެ. 

ޖުމްހޫރީ ޕާޓީގެ އެ ހުށައެޅުން ޤަބޫލުކުރުމަކީ އެޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއްކަން އެމްއެންޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

އެމްއެންޕީގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރުވެސް ވަނީ ޖޭޕީގެ ފަހަތަށް އަރާވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން އުމަރު ނަސީރު ވިދާޅުވީ ކޯލިޝަން ހެދުމަށް ޖޭޕީން ދަޢުވަތު ދިން ނަމަވެސް އެ ދަޢުވަތު ޤަބޫލުކޮށް އެ ޕާޓީގެ ފަހަތަށް އަރާވަޑައިނުގަންނަވާނެ ކަމަށެވެ. އޭނާ އަކީ ފޮލޯވަރެއް ނޫން ކަމަށާއި، ލީޑަރެއްކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ. 

ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމުން ވެސް ވަނީ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަށް ތާއީދު ނުކުރާނެކަމަށް ބުނެފައެވެ. އަދި ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތައް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް އެދިލައްވާފަ އެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ނިކުންނައިރު، އެ ޕާޓީއާއި ގުޅޭނެ ފަރާތްތައް ހޯދަމުންދާއިރު، އަދި މާބޮޑު އުންމީދީ ޖަވާބުތަކެއް ލިބެމުން ނުދާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ޖޭޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސިޔާސީ ޕާޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.