މިފްކޯގެ މަސްކިރާ ބޯޓް ޖަޒީރާ 103
ހަބަރު
05 Apr 2023 | 13:47
މަސްގަތުމަށް ހާއްސަ "103" ބޯޓު މާދަމާ ހެނދުނު ރާއްޖެ އަންނަނީ

މަސްގަތުމަށް ހާއްސަ "103" ބޯޓު މާދަމާ ހެނދުނު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި ވާތީ އެކަމާ ގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން ދެއެވެ.

މިފްކޯގެ މަސްގަންނަ ފުލީޓަށް އިތުރުކުރުމަށް ޕްލޭންކުރެވިފައިވާ ހަތަރު ބޯޓު ގަތުމުގެ މުއާމަލާތް ނިންމުމަށްފަހު، ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ދާކަމަށް މިފްކޯއިން މަައުލޫމާތު ދިނެވެ،

އެ ބޯޓްގެ ތެރެއިން "ޖަޒީރާ 103" މިހާރު ވަނީ ގަތުމަށްފަހު ރާއްޖެ އައުމަށް ތައްޔާރުވެފައެވެ. އަދި މާދަމާ ހެނދުނު އެ ބޯޓު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

"ޖަޒީރާ 103" އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް ދެ ކްރޭން ހަރުކޮށް ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.

މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ އަނެއް ތިންބޯޓް މިހާރުވަނީ ގަނެ ރަޖިސްޓްރީކޮށް ނިންމައި ތައިލޭޑް ގައި ޑޮކުކޮށް، އޮޕަރޭޝަން ފެށުމުގެ ކުރިން މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައެވެ.

މިބޯޓްތައް ނިމި ރާއްޖެގެނެވުމާއެކު ކޮންމެ ބޯޓަކަށް ދުވާލަކު 60 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ވަނީ 2021 ވަނަ އަހަރުވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120 ޓަން ފްރީޒްކުރެވޭ ވެސެލްއަކާއި މަސް އެކްސްޕޯޓުކުރުމަށްޓަކައި 2،400 ޓަނުގެ ކެރިއަރ ވެސެލްއެއް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.