ރައީސް ޞާލިހަށް ޓިކެޓުދިން ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
05 Apr 2023 | 14:54
އިންޑިޔާ އައުޓް ހަރަކާތުގެ ބައިވެރިންނަށް މަލާމާތް ކުރި މައްސަލައަށް ޖަވާބު ދެއްވަން މާރިޔާ ދެކޮޅުހައްދަވައިފި

ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ދިވެހިންނާމެދު އިހާނެތިކޮށް ކަންތައް ކުރާ މައްސަލައަށް ޖަވާބު ދެއްވަން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެކޮޅުހައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލަކީ، ރާއްޖޭގައި ތިބި ބޭރު ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ދިވެހިންނާމެދު އިހާނެތިކޮށް ކަންކުރުމަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ އަޙްމަދު ދީދީ ތާއީދުކުރައްވާ ކަމެއްތޯ އާއި ދިފާއީ ބާރުގައި ޚިދުމަތްކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސްކުރުމަކީ މާރިޔާ މަޢާފަށް އެދިވަޑައިގަންނަވަންޖެހޭ ކަމެއްތޯއެވެ.

ޖަވާބުގައި މާރިޔާ ވިދާޅުވީ އެ ސުވާލަކީ އޭނާއާ ކުރެވޭނެ ސުވާލެއް ނޫންކަމަށެވެ.

މިނިސްޓަރިންނާ ސުވާލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބޭފުޅުންނާ ސުވާލުކުރެވޭނީ ރަސްމީ ހައިސިއްޔަތުގެ ދާއިރާގެ ތެރެއިން ކުރައްވާ ކަންކަމާ ގުޅިގެން ކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވަނީ މާލޭގައި ބޮމެއް ގޮއްވައި، އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ ފެއިލްވުންކަމަށް ގަބޫލުނުކުރައްވަންތޯ ސުވާލު ކުރައްވާފަ އެވެ.

ޝިޔާމްގެ ސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ އެކަމުގައި އޭނާގެ އެއްވެސް ފެއިލިއާއެއް ހިމެނޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ފެއިލްވި ކަމަށް، އަޅުގަނޑު ގަބޫލުކުރޭތޯ އެހެން އައްސަވާފައިވާތީ އަޅުގަނޑު ދަންނަވަން، އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން،" 

މާރިޔާ އިތުރަށް ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަޝީދަށް ހަމަލާދިނީ ގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ދުރާލާ ރާވައި، ގިނަ ދުވަސްތަކެއް ވަންދެން ނަޝީދަށް ފާރަލުމަށް ފަހު ދިން އެ ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ނުލިބޭކަމަށް ގައުމީ ދިފާއީ ބާރުންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީއަށް ލިބިފައި ނެތުމަކީ އިންޓެލިޖެންސް ފެއިލިއާއެއްކަން ފާހަގަކޮށް ގިނަ ބަޔަކު މާރިޔާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.