އިޙްޔާ ފޯރަމްގައި ޝެއިޚް ސަމީރު ތަޤްރީރުކުރައްވަނީ-- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ހަބަރު
07 Apr 2023 | 11:51
ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައި: ޝެއިޚް ސަމީރު

ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް އައްޝައިޚް އަޙްމަދު ސަމީރު ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ޝައިޚް މިހެން ވިދާޅުވީ ” ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. 9 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުالله ސަޢީދު އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ނަމާދަކީ ހުރިހާ އުންމަތަކަށްވެސް ފަރުޟުކުރެވިފައިވާ ކަމެއްކަމަށެވެ.

އެއީ މާތްالله ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި މުސްލިމުން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކަމަށާއި ނަމާދާ ނުލައި ކުރާ އެހެން އަޅުކަންތައް ގަބޫލުވެގެން ނުވާކަމަށެވެ. ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނަމާދަކީ ކޮންމެ ޙާލެއްގައިވެސް ކުރަން އަމުރުކުރައްވާފައިވާ އަޅުކަމަށް ވާއިރު ވަގުތަށް ނަމާދުކުރުމަކީ އެއީ މާތް اللهގެ ހަޟްރަތުގައި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމަށް ވިދާޅުވިއެވެ.

ނަމާދަށް ރައްކާތެރިވާ މީހާއަށް އެއީ ނޫރެއް، ޙުއްޖަތެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވަނީ ސުލޫކީ ގޮތުން ނަމާދުގެ ދައުރު މުޖުތަމަޢުގައި އޮންނަގޮތަށާއި، ނަފްސާނީ ދުޅަހެޔޮކަމާ ނަމާދާ އޮންނާ ގުޅުމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

 އިޙްޔާ ފޯރަމްގައި ޝެއިޚް ހަސަން ތަޤްރީރުކުރައްވަނީ-- ފޮޓޯ/އިސްލާމިކް މިނިސްޓްރީ 

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވަނީ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުތީބަށް ބައްލަވަމުން ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަކަމަކީ ނަމާދުކަމަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ. ނަމާދުކުރުމަށް ކޮންމެ ދުވަހަކުވެސް އިސްކަންދޭންޖެހޭކަމަށާއި އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައެވެ. އެހެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދުވެސް ކުރާ މަސައްކަތެއް ކުރަންޖެހޭނީ، ރާވަންޖެހޭނީވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުންވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދުކުރުމަށް ބާރުއެޅުމާއި ނަމާދުކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާއިރުވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ނަމާދުކުރާ މީހާއާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ހުސައިން ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދުކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާއަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްاللهގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ

މި ފޯރަމްގައި ސިއްޙީ ދުޅަހެޔޮކަމާއި ނަމާދާ ހުރި ގުޅުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ބަސްކޮޅެއްވެސް ހިމަނާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.