ހިޔާ އެޗް-5 ގައި އަލިފާނުގެ ހާދިސާ ހިނގާފައި--
ހަބަރު
07 Apr 2023 | 13:40
ވައި ގޮޅިއަށް ކުނި އަޅާތީ ދެ ފަހަރު ރިޕޯޓްކޮށްވެސް ފިޔަވަޅު ނޭޅި ހުއްޓައި، އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކޮށްފައިވާ ހިޔާ ފުލެޓް ތަކު ތެރެއިން އެޗް-5ގެ ވައި ގޮޅިއަށް ކުނި އަޅާތީ ދެ ފަހަރު މަތިން ފުލުހުންނަށް ރިޕޯޓްކޮށްވެސް ފިޔަވަޅު ނޭޅި ހުއްޓައި، އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

މިކަމާއި ގުޅިގެން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން އަލިފާނުގެ ހާދިސާ ހިނގި ފުލެޓްގެ ވެރިޔާ ވިދާޅުވީ، އެޗް-5 ގެ ވައިގޮޅިއަށް ޑަސްބިން ކުންޏާއި އެނޫންވެސް އެކި ބާވަތްތަކުގެ ކުނީގެ އިތުރުން ގިނަ އަދަދެއްގެ ސިނގިރޭޓް ފިލްޓަރު އަޅާކަން އެފަރާތުގެ ސަމާލުމަށް ފާއިތުވި މާރިޗު މަހުގެ ފަހުކޮޅުގައި އައިސްފައިވާ ކަމަށެވެ.

އަދި އެކަން ސަމާލުކަމަށް އައުމާއި އެކު އެ މަހުގެ 20 ވަނަ ދުވަހު ހަވީރު 5:19 ގައި އެކަން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ ހުށަހެޅުމުން ފުލުހުން އައިސް އެތަނުން ފޮޓޯ ނެގި. ދެން ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނާއި އެޗްޑީސީ (އާބަންކޯ) ގުޅިގެން ބަލާނެ ކަމަށް." ވޮއިސް އަށް މައުލޫމާތު ދެއްވަމުން ފުލެޓްގެ ވެރިޔާ ވިދާޅުވިއެެވެ. 

ފުލުހުން އެހެން ވިދާޅުވި ނަމަވެސް، އެފަހުން ފުލުހުންގެވެސް އަދި އާބަންކޯގެވެސް ޚަބަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރޭގައި ހިޔާ ފަސްވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއިއެކު، ރޭވެސް ފުލުހުންނަށް އެޗް-5 ގެ ވައިގޮޅީގައި ހުރި ކުނިތައް ދެއްކި ކަމަށާ، އަދި އެތަނަށް އަޅާފައި ހުރި ފިލްޓަރ ތަކުގައި އަލިފާން ރޯވެއްޖެ ނަމަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް ވިދާޅުވެ އަނެއްކާވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނަ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވިއެވެ. 

އެޗް-5 ގެ ވައިގޮޅިއަށް ކުނި އަޅާފައި--

އަދި އެފަދައިން ވިދާޅުވުމުން، ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރަން ބުނުމުން ރޭވެސް ޕޮލިސް ސްޓޭޝަނަށް އެކަން ރިޕޯޓް ކުރަން ދިޔަ ކަމަށާ، އެކަމާއި ގުޅިގެން ރޭ ފުލުހުން ދެއްވި ޖަވާބަކީ "އެއީ އާބަންކޯ އާއި ގުޅޭ މައްސަލައެއް" ކަމަށާ އެ ކުންފުންޏާއި ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.  

ދެފަހަރު މަތިން އެ މައްސަލަ ރިޕޯޓް ކޮށްފައިވަނިކޮށް އެއްވެސް ފަރާތެއްގެ އަޅާލުމެއް ނުލިބި، ރޭގެ ފަތިހުގެ ވަގުތުގައި ގޭގެ ވެރިފަރާތް ފަތިސް ނަމާދަށް ދިޔަ ވަގުތު އެ ވައިގޮޅީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެގޮތުން ރޯވި އަލިފާން ފުލުހުން ނިއްވާލާފައިވާއިރު، އޭގެ ސަބަބުން އެ ގޭގައި ބޭނުން ކުރަމުންދާ އޭސީގެ އައުޓްޑޯ ޔުނިޓް ވެސް ހަލާކުވެފައިކަމަށް އޭނާ މައުލޫމާތު ދެއްވައެވެ. 

އެ ފުލެޓަކީ އެ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފުލެޓްކެވެ. އެ ތަނުގައި ދެމަފިރިންނާއި އެކު ހަތަރު ކުޑަކުދިން ދިރިއުޅޭއިރު އެތަނުން އެއް ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށް ވެރިފަރާތުން މައުލޫމާތު ދެއްވައެވެ.   

ހިޔާ ފުލެޓްތަކުގެ ފުރަތަމަ ފަންގިފިލާ ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އެހެންކަމުން މިފަދަ އަލިފާނުގެ ހަދިސާތަކުގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ހާއްސަ އެހިއަށް ބެނުންވާ ފަރާތްތަކުގެ ފްލެޓްތަކަށެވެ.

ކަން މިހެން ހުރި އިރު ހިޔާ ފުލެޓުތަކުގެ ވައި ގޮޅިއަށާއި އެނޫންވެސް ތަންތަނަށް ކުންޏާއި ސިނގިރޭޓް ފިލްޓަރު އަޅާ މައްސަލަ އަށް ހައްލެއް ކަމާއި ބެހޭ ފަރާތްތަކަށް ހޯދިފައިނުވާއިރު އެފަދައިން ފިލްޓަރ އަޅާ ފަރާތްތަކުގެ އެ ޢަމަލުތައްވެސް ހުއްޓުމަކަށް ނާދެއެވެ. އެކަމާއި ގުޅިގެން ހިޔާގައި ދިރިއުޅެމުންދާ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭތޯ ވޮއިސް އިން ކުރި މަސައްކަތުން އަދި ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.