އެލައިޑް އިންޝިއުރެންސް އޮފީސް/ ފޮޓޯ: އެލައިޑް
ވިޔަފާރި
08 Apr 2023 | 20:36
އެލައިޑް މޮޓޯ ކޮންޕްރިހެންސިވް ޕްލޭނު އޮންލައިންކޮށް ނަގަން މާ ފަސޭހަ!

މި ރޯދަ މަހު އެލައިޑުން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން އިންޝުއަރެންސްގެ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ޑިޖިޓަލައިޒްކޮށް "މައި އެލައިޑް" ޕޯޓަލްއިން ނުވަތަ އެލައިޑް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިކޮށް ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. 

މި ޕްލޭނު އޮންލައިންކޮށް ނެގޭނެ ފަސޭހަ ގޮތްތަކެއް އެލައިޑުން ވަނީ ތއާރަފްކޮށްފަ އެވެ. އެގޮތުން އެންމެ 5 ސްޓެޕް ފުރިހަމަކޮށްލައިގެން ކޮމްޕްރޮހެންސިވް މޮޓޯ ޕްލޭން ނެގިދާނެއެވެ. 

ފުރަތަމަ ސްޓެޕް

މި ޕެކޭޖު ނެންގެވުމަށްޓަކައި މައި އެލައިޑް ޕޯޓަލްއަށް ނުވަތަ އެލައިޑް މޯބައިލް އެޕަށް ވަދެވަޑައިގަތުމަށްފަހު ސްކީމް ނަންނަވާ ވެހިކަލްއާއި ގުޅޭ މައުލޫމާތުތައް ފުރިހަމަ ކުރައްވާށެވެ. އެއަށްފަހު އުޅަނދުގެ އަގަށް ބަލާ ޕްރިމިއަމް އެއް އިޚްތިޔާރުކޮށްލައްވާ ށެވެ. ދެން ކޮންޓިނިއުއަށް ފިއްތާލައްވާށެވެ. 

ދެވަނަ ސްޓެޕް 

އިސްވެ ދެންނެވުނު މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ދެން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ވެހިކަލްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް އަޕްލޯޑުކޮށްލުމެވެ. އެފަހުން އެދިފައިވާ މައުލޫމާތުތައް ފުރިހަމަކޮށްލަން ވާނެއެވެ. އަދި ކުރިއަށް ވަޑައިގަތުމަށް ކޮންޓިނިއުއަށް ފިއްތާލުމުން ތިން ވަނަ ސްޓެޕް ފެނިވަޑައިގަންނަވާނެ އެވެ.  

ތިންވަނަ ސްޓެޕް 

ތިން ވަނަ ސްޓެޕްގައި ފެނިވަޑައިގަންނަވާނީ މީގެ ކުރިން ފުރިހަމަ ކޮށްފައިވާ މައުލޫމާތުތަކެވެ. އެ މައުލޫމާތުތައް ބަލާލުމަށްފަހު ރަނގަޅުކަމަށް ވާނަަމަ އެއީ ސައްހަ މައުލޫމާތުކަން ކަށަވަރުކޮށް ކުރިއަށް ވަޑައިގަތުމަށް ކޮންޓިނިއުއަށް ފިއްތާލައްވާށެވެ. 

ހަތަރުވަނަ ސްޓެޕް 

މި ސްޓެޕްގައި ޖެހިވަޑައިގަންނަވާނީ އަމިއްލަފުޅު ވެހިކަލްގެ ފޮޓޯއެއް އަޕްލޯޑުކޮށްލާށެވެ. ފޮޓޯ ނަގަންވީ އޭންގަލްތައް ފެނިވަޑައިގަންނަވާނެ އެވެ. އެގޮތުން ހަތަރު ދިމާލަކުން ސައިކަލު ފެންނާނެ ގޮތަށް ފޮޓޯ ނަގާ އަޕްލޯޑުކޮށްލަން ޖެހިވަޑައިގަންނަވާނެ އެވެ. އެއަށް ފަހު ކޮންޓިނިއުއަށް ފިއްތާލާށެވެ. 

ފަސްވަނަ ސްޓެޕް 

މިއީ އެންމެ ފަހު ސްޓެޕެވެ. މިހާރު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭން އޮންލައިންކޮށް ނެގުމަށް ބޭނުންވާ ހުރިހާ މައުލޫމާތު ހުންނާނީ ފުރިހަމަ ކުރެވިފައެވެ. ފަހު ކަމެއްގެ ގޮތުން ކަސްޓަމަރަށް ގުޅުއްވޭނެ ނަންބަރާއި އަދި އެޑްރެސްގެ އިތުރުން އެދިވަޑައިގެންފައިވާ މައުލޫމާތު ފުރިހަމަ ކުރައްވާށެވެ. އެއަށްފަހު އޮންލައިންކޮށް ފުރުއްވި ފޯމު ސަބްމިޓްކޮށްލާށެވެ.

އެފަދައިން ފޯމު ސަބްމިޓުކޮށްލުމުން ބައްލަވައިގަތް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ޑްރާފްޓް ޕްރޮޕޯސަލެއް ފެނިވަޑައިގަންނަވާނެ އެވެ. އެ ޑްރާފްޓުގައި ޕޭމަންޓުގެ ތަފްސީލުތައްވެސް ފެންނަން ހުންނާނެއެވެ. 

ޕްރޮޕޯސަލް އޮތީ ބޭނުންފުޅުވާ ގޮތަށްތޯ ބައްލަވާ ޔަގީންކުރުމަށް ފަހު އެކްސެޕްޓުކޮށް ޕޭމަންޓާއެކު ކުރިއަށް ވަޑައިގަތުމަށް "ކޮންޓިނިއު ވިތް ޕޭމަންޓު" އަށް ފިއްތާލައްވާށެވެ. އެހާ ހިސާބުން ޕްލޭނު އޮންލައިންކޮށް ޕްލޭނަށް ހުށައެޅުނީއެވެ. 

މިއަހަރުގެ ރޯދަ ޕްރޮމޯޝަނާއެކު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ވެސް ޑިޖިޓަލައިޒް ކުރެވި "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ. އަދި ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަގާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެލައިޑް އިން ބުނިގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައި ވަނީ، އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމާ ސެންޓްރިސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ.

އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށް އެލައިޑުން ފާހަގަ ކުރެ އެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިވަގުތު ހަމަޖައްސާފައި ވަނީ 40،000 – 100،000 ރުފިޔާއާ ދެމެދުގެ އަގުތަކުގައި ގަނެ، ބޭނުންކުރަމުން އަންނަތާ 5 އަހަރު ނުވާ ސައިކަލުތަކަށް އެ ކުންފުނިން ބުނެ އެވެ.

އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައި ވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށްފަހު ފޮނުވާލާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުން ކަމަށް ވެސް އެލައިޑުން ބުނެ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.