ބުލީކުރުން--
ރިޕޯޓް
11 Apr 2023 | 13:11
ބައެއް ދިވެހިން ބޮޑެއްނުވޭ! ބުލީކުރަން ކުޑަކުއްޖެއް މުސްކުޅިއެއް ނޯވޭ!

ސްކޫލު ކުދިންނަށް ސްކޫލު ތެރޭގައި ބުލީކުރާ ވާހަކައަކީ މި މުޖުތަމައުގައި އާ ވާހައެއް ނޫނެވެ. ސްކޫލުގެ މާހައުލުން ބުލީގެ ޝިކާރައަކަށްވެ، ދަރިވަރުންނަށް އެކިއެކި ނޭދެވޭ އަސަރުތައް ކޮށްފައި އެބަހުއްޓެވެ. އާއްމުގޮތެއްގައި ސްކޫލު ދަރިވަރުންނަށް ބުލީ ކުރަނީ އެ ދަރިވަރުންނާއެކު އެއް ކުލާހެއްގައި ކިޔަވާ ނުވަތަ އެއް ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ފަރާތުންނެވެ. ނަމަވެސް މުޖުތަމައުގެ ބުލީގެ ޝިކާރައަކަށް، ސްކޫލު ދަރިވަރުން ވެގެންދާ ފަހަރުވެސް މަދެއް ނޫނެވެ.

މިފަހުން ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިއޯއަކީ ސްކޫލު ކުއްޖެއް މަދަހަ ކިޔުމުގެ ތެރޭގައި އަޑު ކުރެކުމުން އެކަމާ ޖޯކު ޖަހައި ބުލީކޮށް ސޯޝަލް މީޑިޔާއަށް ދޫކޮށްލި ފޮޓޯއާއި ވީޑިއޯއެވެ. އަތޮޅު ކައުންސިލަކުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަދަހަ މުބާރާތުގައި ދަރިވަރު މަދަހަ ކިޔަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. އަދި ވަކި ހިސާބަކުން އަޑު ކުރެކުމުން ދެ ފަހަރަށް ހުއްޓާލައި، އަލުން ފަށައިގެން ކިޔާ ނިންމާލީވެސް ހަމަޖެހިލައިގެން ހުރެއެވެ. އެ ހާލަތުގައި އެކުއްޖާގެ ކެރުމާއި ހިތްވަރަށް ތައުރީފު ކުރުމުގެ ބަދަލުގައި ދިވެހިންގެ ތެރެއިން ބަޔަކު ބެލީ އެ ކުއްޖާއަށް މަލާމާތްކޮށް ބުލީކުރާށެވެ. 

މީގެ އެހެން މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ޤުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަމުން ދަނިކޮށް ބެލް ޖެހުމުން އެކުއްޖާ ކިޔަވާ ނިންމާލައެވެ. ނަމަވެސް ހަމަ އެވަގުތު އެ ދަރިވަރަށް ދެވަނަ ސުވާލު ކުރެއެވެ. އެވަގުތު ދަރިވަރު މަޑުމަޑުން އެއްޗެކޭ ބުނެއެވެ. ނަމަވެސް މައިކު ޖައްސާފައި ހުރުމުން، ދަރިވަރު ބުނި އެތި ވަރަށް ސާފުކޮށް އެންމެންނަށް އަޑު އިވުނެވެ. ދަރިވަރު ކުރީ ކޮށްގެން ނުވާނެ ކަމެއް ކަމަށްވީ ނަމަވެސް އެތަނުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފަތުރައި އެއަށް ޖޯކު ޖަހައިގެން ނުވާނެއެވެ. ނަމަވެސް ދިވެހިން ދިވެހިންގެ ގޮތުގައި އެ ވީޑިއޯވެސް ދައުރުކޮށް، ބުލީކޮށްލީއެވެ.

މިފަދަ ހާދިސާތައް ލިޔާނަމަ ލިޔެ ކޮޅުން ނުލާނެއެވެ. މި ދައްކަނީ ހޭޖެހޭ ބޮޑެތި މީހުން، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ބުލީކުރާ ވާހަކައެވެ. މިކަން ހުއްޓުވަން އަދި ހުއްޓަން ޖެހެއެވެ.

ދަރިވަރުން ދަރިވަރުންނަށް ބުލީ ކުރާ މައްސަލައިގައި އެކިއެކި ފެންވަރުގައި އެކި މުއައްސަސާތަކުން މަސައްކަތް ކުރެއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެއެވެ. 

ބުލީ ކުރުމަކީ ކޮބައިކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއެވެ. އެގޮތުން ބުލީގެ ޝިކާރައަކަށްވާ ކުއްޖާއަށް ލިބިދާނެ ގެއްލުމާއި، ބުލީ ކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ އެފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ނަސޭހަތްތެރި ވެއެވެ. އަދި މީގެއިތުރުން ބުލީ ކުރުމާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ދަރިވަރުންނަށް ބުނެދީ ބުލީ ކުރުމުގެ ސަބަބުން ނިކުމެދާނެ ނުރަނގަޅު ނަތީޖާތަކަށް އަލި އަޅުވާލާ މަޢުލޫމާތު ހިއްސާ ކުރެއެވެ.

ނަމަވެސް ބޮޑެތި މީހުންނަށް މިކަން ވިސްނައިދޭން ކުރަން ޖެހޭނީ ކޮންކަމެއް ހެއްޔެވެ؟

މިދިޔަ އަހަރުގެ މެދުތެރެއިން އެންމެ ބޮޑަށް ދެކެވުނު ވާހަަކައަކީ މިލަދުންމަޑުލު އުތުރުބުރީ ރަށެއްގައި ސްކޫލު ކުދިންގެ މެދުގައި ބުލީކުރުން އާއްމުވެ، އެކަން ހުއްޓުވުމަށް ރަށު ކައުންސިލުންވެސް ފިޔަވަޅުތަކެއް އެޅި ވާހަކައެވެ. އެކަމާ ގުޅިގެން ރަށު ކައުންސިލުން ބަޔާނެއް ނެރުނެވެ. އަދި އިތުރަށް އެފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި މުއައްސަސާތައް ގުޅިގެން ރަށް މޮނިޓަރ ކުރަން ފެށިއެވެ. އެއީ ސްކޫލު ކުދިން ސްކޫލު ކުދިންނަށް ބުލީ ކުރުމުން އެޅި ފިޔަވަޅެކެވެ. ނަމަވެސް އާއްމު މީހަކު ކުއްޖަކަށް ބުލީ ކުރުމުން އަހަރެމެންގެ ތެރޭގައި އެޅޭނެ ފިޔަވަޅެއް އެބަ އޮތްތޯ ސުވާލު ކޮށްލަން ޖެހެއެވެ.

ރަނގަަޅެވެ. އެކުއްޖާ ބުލީގެ ޝިކާރައަކަށް ވުމަށްފަހު އެކަމާ ދެކޮޅަށް ތެދުވި އާއްމުންގެ ބަޔަކު އެބަތިއްބެވެ. އެގޮތުން އެކުއްޖާ ކުރި ހިތްވަރަށް ސާބަސްދީ، އެކަމާ ފަހުރުވެރިވެ، ދިވެހިންގެ ތެރެއިން ބައެއް މީހުން ޝުއޫރު ފާޅުކުރިއެވެ. ނަމަވެސް ވީކަމެއް ނުވާކަމަކަށް ވާނެ ހެއްޔެވެ؟ ބުލީގެ ސަބަބުން އެ ކުއްޖާއަށް ކުރާ އަސަރުގެ ލުއިވެގެން ދާނެ ހެއްޔެވެ؟ އަދި އިދާރާތަކުން އެކަމުގައި އެޅޭނެ ފިޔަވަޅެއް އެބަ އޮތް ހެއްޔެވެ؟ ނޫންނަމަ ދިވެހިން ފަރުދީ ޒިންމާ ނަގައި މިފަދަ ކަންކަން ހުއްޓާކަށް ނުވޭ ހެއްޔެވެ؟

ސައިކޮލިޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވެފައި ވަނީ، ކޮންމެ ގޮތަކަށް ބުލީ ކުރި ކަމުގައިވީ ނަމަވެސް ބުލީގެ ޝިކާރައަކަށް ވުމުން ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށެވެ. ބުލީގެ ޝިކާރައަކަށް ވުމަކީ ތައުލީމު ހާސިލް ކުރުމަށްވެސް އެޅޭ ހުރަހެއް ކަމަސް ނާޒް ވިދާޅުވިއެވެ.

ބުލީގެ ޝިކާރައަކަށްވެ، އެކި ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ މިންވަރު ތަފާތުވެއެވެ. އެގޮތުން އެމެރިކާގައި އަމިއްލައަށް މަރުވާ ކުދިންގެ ތެރެއިން އަހަރަކު 4000 ކުދިން މަރުވަނީ ބުލީގެ ޝިކާރައަކަށް ވެގެން ކަމަށް ރިޕޯޓުތައްބުނެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ. ދިވެހިން ދިވެހިންގެ ގޮތުގައި ބުލީކުރުން މަތީ ތިބުމުގެ ބަދަލުގައި، ދެރަވަރު ކަމެއް ދިމާވުމުގެ ކުރިން މި ނުބައި އާދަ ފިލުވަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.