ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-- ފޮޓޯ/ މަޖިލިސް
ހަބަރު
12 Apr 2023 | 12:15
ދައުވާ އަނބުރާ ގެންދިޔަކަން ރަސްމީކޮށް އަދި ނޭނގޭ، ގެންގޮސްފިއްޔާ ވަރަށް ރަނގަޅު: މަހްލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންދިޔަކަން އަދި ރަސްމީކޮށް އެނގިފައިނުވާ ކަމަށާ ގެންދިޔަ ނަމަ ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ، މިނިސްޓަރު މަހުލޫފް ގެ މައްޗަށް ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާތައް ނެންގެވުމަށް އެއްވެސް މަސައްކަތްޕުޅެއް ކުރައްވާފައިވާނެތޯ ސުވާލު ކުރައްވާފަ އެވެ.

"ފަހު ދިހައަކަށް އައި އިރު މަނިކުފާނު ތި ހުންނެވީ ހުދު ފޮތިކޮޅަކަށް ހައްދަވާފައި. އެހެންކަމުން ސިޔާސީ ގޮތުން މަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ނެންގެވުމުގެ އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާނަންތޯ؟" ސެމްބެ ސުވާލު ކުރެއްވި އެވެ. 

ސެމްބެގެ ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ އެ ދައުވާތައް އަނބުރާ ގެންދިޔަކަން ރަސްމީ ސިފައެއްގައި އަދި އަންގާފައި ނުވާ ކަމަށެވެ. 

"އިއްޒަތްތެރި މެންބަރަށާ [ސެމްބެ] އަޅުގަނޑާ ދެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އަޅުގަނޑުމެން އޭރު އެއްކޮށް ޕީޕީއެމްގައި މަސައްކަތްކުރި މީހުންނަށް މިކަންތައް ހިނގާ ދިޔަގޮތް. އަޅުގަނޑު ވަރަށް އުފާވޭ. އެކަމު އަދި އަޅުގަނޑަކަށް އެއްވެސް ހިސާބަކުން ރަސްމީ ސިފައެއްގައި އެކަމު އެ މައްސަލަ ގެންދިޔަކަން އެނގިފައެއް ނެތް، ނޫސްތަކުން އަޅުގަނޑަށް ފެނުނީވެސް. އެކަމު ގެންގޮސްފިއްޔާ ވަރަށް ރަނގަޅު. ހަމަ ކަނޑައެޅިގެން ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން ކުރި ކަމެއް،" 

މިނިސްޓަރު އަހްމަދު މަހްލޫފް 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވުމުގެ ތުހުމަތުގައި މަހްލޫފަށް ކުރާ ދައުވާ ކޯޓްތަކުގައި ހިނގަމުންދާތާ އަހަރެއް ފަހުން، ޕީޖީ އޮފީހުން ވަނީ އެ ދައުވާ އަނބުރާ ގެންނަން ނިންމާފަ އެވެ. މިކަމުގެ މާ ބޮޑު ތަފްސީލެއް ރަސްމީކޮށް ޕީޖީ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، 33،000 ޑޮލަރު (508،860 ރުފިޔާ)ގެ ރިޝްވަތު ހިފުމުގެ ދައުވާ މަހްލޫފުގެ މައްޗަށް އުފުލައި އެ މައްސަލަ ކޯޓަށް ހުށަހެޅީ ނޮވެމްބަރު 2021ގަ އެވެ.

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު، 27 އޮގަސްޓު 2014ގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ ބަދަލެއްގެ ގޮތުން ރިޝްވަތު ނެންގެވި ކަމަށެވެ.
އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓެއްގެ ޗެކަކުން 33،000 ޑޮލަރު މަހްލޫފަށް ދެއްވިކަމަށާ އެ ފައިިސާ މަހްލޫފުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެމްބަރު 2014ގައި ޖަމާކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ދައުލަތުން ހުށަހެޅި ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ފުރަތަމަ ބޭރުކޮށްލިއެވެ. 

ބޭރުކޮށްލުމުން 6 މާޗު 2022 ގައި ޕީޖީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި 21 މާޗު 2022 ގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ދަށު ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައިކޯޓުން އެންގިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.