އަލްސަންގެ ޢާއިލާ ދިރިއުޅެމުންދާގެ-- ފޮޓޯ: އެހީ ޖަމިއްޔާ
ރިޕޯޓް
17 Apr 2023 | 14:33
މިރެއަކީވެސް އޮނަހިރި ރެއެއް؛ ހިޔާ ނެތި، ޓިނާއި، ފަނުން ހަދާފައިވާ ގެއެއްގައި ދިރިއުޅޭ ޢާއިލާ އަކަށް އެހީވެލައްވާ!

ޒަމާނާއި އެއްވަރަށް މީހުންގެ ދިރިއުޅުމާއި، ދިރިއުޅުމަށް ބިނާ ކުރަމުންދާ ގެދޮރާއި، ކެއިން ބުއިމާއި އަދި އެނޫންވެސް ކަންކަން ބަދަލުވެ، ތަރައްގީވެ، ފަހި ދިރިއުޅުމަކަށް ދިވެހިންވެސް މިސްރާބު ޖަހާފައިވާއިރު، ރާއްޖޭގައި މަދުން ނަމަވެސް، ދަތި ހާލުގައި ދިރިއުޅެމުންދާ ޢާއިލާތައް އެބަތިއްބެވެ. 

ވެހޭ ވާރެއިން ސަލާމަތްވުމަށް އަހަރެމެންގެ ގޭގައި ފުރާޅާއި ސީލިންގް ހުރި ނަމަވެސް، ކާބަފައިންގެ ޒަމާން ފަދައިން، ވާރޭ ވެހުމުން، ގޭފުރާޅު ފޫއްދާލާފައި، މުޅި ގޭތެރެއަށް ފެން އެޅި، ހިފައިގެންގުޅޭ ތަކެއްޗަށް އެކަމުގެ ގެއްލުންވެ އެތަކެއް އުނދަގޫތަކާއި ކުރިމަތިލާންޖެހޭ އާއިލާތައް އަދިވެސް މިރާއްޖޭގައި ދިރިއުޅެއެވެ. 

ހޫނު ގަދަ ދުވަސްތަކުގައި، ދިލަ ހޫނާއި އުދާސްކަމުގައި އެ ޢާއިލާތައް ދިރިއުޅެމުންދާއިރު އަހަރެމެން ފިނި ކޮޓަރީގައި އަރާމު އެނދުގައި ތިބޭ އިރު އެކަމުގެ ހުރި ވޭން އިހްސާސް ނުވެދާނެއެވެ.

އާޓިކަލްގައި ގެނެސްދޭން މިއުޅެނީވެސް އެފަދަ ހާލުގައި ދިރިއުޅެމުންދާ ޢާއިލާއެއްގެ ވާހަކައެވެ. 

މިއީ ލޮލަށް ނުފެންނަ މީހަކަށް ގަބޫލުކުރަންވެސް ދަތި ހާލެއްގައި ހއ. އުލިގަމުގައި ދިރިއުޅެމުންދާ ޢާއިލާއެއްގެ ވާހަކައެވެ. ތިން ކުދިންނާއިއެކު ދެމަފިރިއެއް ހއ. އުލިގަމުގައި ހުންނަ ގެއެއްގައި ދިރިއުޅެމުންދަނީ ހީވެސް ނުކުރާ ފަދަ ދަތި ހާލުގައެވެ. އެ އާއިލާގައި ތިބި ތިން ކުދިންގެ ތެރެއިން އެންމެ ކުޑައީ ތުއްތު އަލްސަން އެވެ. 

އަލްސަންގެ ޢާއިލާ ދިރިއުޅެމުންދާ ގެ. ގޭގެ ބޮޑުބައި ހެދިފައިވަނީ ފަނުންނާއި ޓިނުން--ފޮޓޯ/އެހީ ޖަމިއްޔާ

ދިވެހިރާއްޖޭގައި ހާލުގައި ދިރިއުޅެމުންދާ މިފަދަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމިއްޔާ އެއް ކަމަށްވާ އެހީ ޖަމިއްޔާއިން އަލްސަންގެ މި ޢާއިލާ ދިރިއުޅެމުންދާ ގެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެގޮތުން ކުރި ޒިޔާރަތުގައި އެ ޖަމިއްޔާ އަށް ފާހަގަ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ހިއްސާ ކުރި މައުލޫތު ތަކުގައި އެ ޢާއިލާ އުޅެމުންދާ ގޭގެ ހާލަތާއި، ޢާއިލާގެ އާއްމު ދިރިއުޅުމުގެ ހާލަތު ވަނީ ހާމަކޮށްދީފައެވެ. 

ޢާއިލާ ނިދާން ބޭނުން ކުރާ ކޮޓަރިއެއް-- ފޮޓޯ: އެހީ ޖަމިއްޔާ

"އެގޭގެ ބޮޑުބައި ހުރީ ފަނުންނާއި ޓިނުން. ވިއްސާރަ ވެއްޖެނަމަ އެކަމުން ސަލާމަތްވާނެ ކުޑަނަމަވެސް ގޮތެއް އޮތް ކަމަށް ނުފެނޭ. ދެ ކޮޓަރިއަކަށް ބަހާލެވިފައިވާ އިރު އެތަނުން އެއް ކޮޓަރީގެ އެއް ބޮކި ދިއްލޭ. ނަމަވެސް އަނެއް ކޮޓަރިއަށް އެއްވެއް މިންވަރެއްގެ އަލިކަމެއް ނުލިބޭ. އެތެރެއަށް ވަދެ ބެލި ބެލުމުން އެންމެ އަސާސީ ކަންކަން ހަމަ ނުވާކަން ފާހަގަވި. ފާހާނައެއްގެ ގޮތުގައި ބޭނުންކުރުމަށް ހެދިފައިވާ ތަނަކީ ޓިނުން ހެދިފައިވާ ތަނެއް. އަދި ފެންވެރޭނެ ލުއި ގޮތެއް ނެތް ހާލު ފާހާނަ ހެދިފައިވާ ދިމާއަކީވެސް އެންމެ ކަމުދާ ދިމާ ކަމުގައި ނުވޭ. ފެންވަރާ ގައިން ތާހިރު ވުމަށް އެކަށޭނެ ތަނެއް ނޫން އެއީ. އެތެރެއަށް ވަދެގެން ދިޔައިރު ފާހަގަވެގެން ދިޔައީ ބަދިގެއެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައިވެސް އަސާސީ ކަންކަން ހަމަނުވާކަން."

އަލްސަންގެ ބައްޕަ އަކީ ދަނޑުވެރިކަން ކުރާ މީހެކެވެ. އެ ޢާއިލާއަށް ކައިބޮއި ހަދަން ފައިސާ ލިބެނީ، އެ މަގުންނާއި، ހެޔޮއެދޭ ބައެއް ފަރާތް ތަކުންދޭ ދީލަތި އެހީގެ އިތުރުން ބައެއް ފަހަރު ފިހާރަ ތަކުން ދަރަންޏަށް ތަކެތި ނަގައިގެންކަމަށްވެސް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި ދަނޑުވެރި ކަމަކީ މޫސުމީ ކަމަކަށް ވާއިރު، އެކަމުން ލިބޭ ފައިސާއިން ދެކޮޅު ޖެހޭވަރު ވުމަކީ މިފަދަ ޒަމާނެއްގައި ވާނޭ ކަމެއް ނޫނެވެ. 

ޢާއިލާ ކެއްކުމަށް ބޭނުންކުރާ ބަދިގެ-- ފޮޓޯ: އެހީ ޖަމިއްޔާ

ހއ. އުލިގަމުގައި މިފަދަ ދަތިހާލުގައި ދިރިއުޅެމުން ދިޔަ ނަމަވެސް މި ޢާއިލާގެ ތުއްތު ދަރިފުޅު، އަލްސަންގެ އުއްމީދުތައް ނުހަނު ބޮޑެވެ.

"މަންމާ ހާސްނުވޭ އަހަރެން ބޮޑުވެގެން މަންމައަށް ބޮޑު ބިއްލޫރި ގެއެއް އަޅައިދޭނަން. ދެން މަންމަ ބައިންދާނީވެސް ފުށް ޖަހާފަ ސްޓޯބެރީކާން." މިއީ އަލްސަން އޭނާގެ މަންމައަށްޓަކައި ކުރާ އުއްމީދެވެ. 

ޢާއިލާ ބޭނުން ކުރަމުންދާ ފާޚާނާ އެތެރެ. މިތަނުގެ ތެރޭގައި ފެންވެރޭނެ ލުއި ގޮތެއް ނެތް.-- ފޮޓޯ: އެހީ ޖަމިއްޔާ

މި އުއްމީދުތައް ހާސިލްކޮށްދީ، އެ އާއިލާ އުޅެމުންދާ ދަތި އުނދަގޫ ތަކަށް ލުުއެއް ހޯދައި ދިނުމަށް އެހީ ޖަމިއްޔާއިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. 

އެގޮތުން އެފަދަ ޢާއިލާ ތަކަށް އެހީވުމަށް އެ ޖަމިއްޔާއިން ފަށާފައިވާ "އެހީވާނަން"ގެ ފުރަތަމަ ޕްރޮޖެކްޓު ޚާއްސަ ކޮށްފައި ވަނީ ތުއްތު އަލްސަންގެ ޢާއިލާއަށް އެހީވުމަށް ކަމަށްވާއިރު، މި އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާ އަށް އެހީ ވުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ. 

އަލްސަންގެ ޢާއިލާ ބޭނުންކުރަމުންދާ ފާޚާނާ. މިތަނުގެ ހާލު ހުރިގޮތުން މިއީ ފެންވަރާ ގައިން ތާހިރު ވުމަށް އެކަށޭނެ ތަނެއްނޫން-- ފޮޓޯ: އެހީ ޖަމިއްޔާ

އެހެންކަމުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި ދުވަސްތަކާއި ރޭ ތަކުގައި، މި ނިކަމެތި ޢާއިލާއަށް އެހީވުމަށް  ބޭނުންވާ ފަރާތްތަކުން ފައިސާގެ އެހީ ދެއްވުމަށް އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކަން ހަމަޖެހޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ. 

ބީ.އެމް.އެލް އިސްލާމިކްއެކައުންޓް ނަމްބަރ: 7770000014819

އެކައުންޓްގެ ނަން: EHEE JAMIYYA

ފައިސާގެ އެހީތެރިކަން ދެވެން ނެތް ފަރާތްތަކުން ތަކެތި ހަދިޔާކޮށްގެން ވެސް އެހީ ވެދެވޭނެކަމަަށް އެހީ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ ޓީމާއި ގުޅާލައިގެން މިކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު 7803433 އަށް ގުޅާލުމުން ލިބޭނެކަމަށްވެސް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާ އިން އިތުރަށް ބުނީ، މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.