ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
18 Apr 2023 | 15:28
އަޅުގަނޑުގެ ވެރިކަމެއްގައި ގެންގުޅޭނީ އިބްރާހިމް ނާސިރުގެ ޚާރިޖީ ސިޔާސަތު: ޤާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނީ ކުރީގެ ރައީސް އިބްރާޙިމް ނާސިރު ގެންގުޅުއްވި ފަދަ ޚާރިޖީ ސިޔާސަތެއްކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށް އެ ޕާޓީގެ ކެންޑިޑޭޓަކީ ޤާސިމްކަމަށް ރަސްމީކޮށް ކަނޑައެޅުމާއި އެކު، ޕާޓީން ގެންދަނީ އެ މީހުންގެ ބައެއް ސިޔާސަތުތައް ހާމަކުރަމުން ނެވެ. 

އެގޮތުން ޖޭޕީން ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ޤާސިމް ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ޖޭޕީން ޚާރިޖީ ސިޔާސަތު އެކުލަވާލާއިރު ނަމޫނާ ނަގާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، މައުމޫނު އަބްދުލްގައްޔޫމު ގެންގުޅުއްވި ޚާރިޖީ ސިޔާސަތުން ކަމަށެވެ. 

އަދި ޖޭޕީވެސް އެކުލަވާލާނީ އެފަދަ ކާރިޖީ ސިޔާސަތެއްކަމަށް ޤާސިމް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫނުވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމުގައި ދަންނަވަން"

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް 

މި ސަރުކާރަށް އެންމެ ގިނަ ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތަށެވެ. 

އެގޮތުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާއަށް ބުރަވާ ޚާރިޖީ ސިޔާސަތެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.