ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Apr 2023 | 16:08
ގުރައިދޫ އިންތިޚާބަށް 13 ދުވަހުން 170 މިލިއަން އާސަންދައަށް އެކަނި ޚަރަދުކުރި: ސައީދު

ގުރައިދޫ އިންތިޚާބާއި ދިމާކޮށް ދައުލަތުން 13 ދުވަސްތެރޭ 170 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ގުރައިދޫ ދާއިރާގެ ގޮނޑި ހޯދުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރަށް އަލިއަޅުވާލައްވާ ސައީދު ވިދާޅުވީ އެ އިންތިޚާބާއި ދިމާކޮށް އެންސްޕާގެ ޑެސްކެއް ދާއިރާގައި ބެހެއްޓި ކަމަށެވެ.

އެ ޑެސްކު ބަހައްޓާފައިވަނީ ގެސްޓު ހައުސްއެއްގެ ތެރޭގައި ކަމަށާއި، އެ އިންތިޚާބާއި ދިމާކޮށް އާސަންދަ މެދުވެރިކޮށްވެސް ބޮޑެތި ޚަރަދުތަކެއް ކުރައްވާފައިވާކަމަށް ސައީދު ވިދާޅުވި އެވެ. 

އެގޮތުން ގުރައިދޫ އިންތިޚާބުގައި 13 ދުވަސް ތެރޭ 170 މިލިއަން ދައުލަތުން ޚަރަދުކޮށްފައިވާއިރު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވަސީލަތްތައްވެސް އިންތިޚާބާއި ދިމާކޮށް ބޭނުން ކުރަމުން ދިޔަކަން ސައީދު ފާހަގަކުރެއްވި އެވެ. 

އޭގެ ތެރޭގައި ސްޓެލްކޯގެ ލޯންޗުތައް ބޭނުންކޮށް ސްޓެލްކޯގެ ވަޒީފާތައް ދާއިރާގެ މީހުންނަށް އިންތިޚާބުގެ ތެރޭގައި ދީފައިވާކަމަށް ސައީދު ވިދާޅުވި އެވެ. 

"މިއަހަރުގެ ފުރަތަމަ 3 މަސްތެރޭ އާސަންދައިގެ 60% ހުސްކޮށްލައިފި. ރައީސް އޮފީސްތެރޭ ޚާއްސަ ޑިޕާޓުމަންޓެއް ހަދައިގެން ރައީސް ޞާލިހަށް ވާގިވެރިވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންގެ އެންގުމަށް އާސަންދަ އޮޕަރޭޓު ކުރަނީ. ފިއްކަނޑައިގެންދާ އަދަދެއް މި އޮތީ އަނެއްކާ 13 ދުވަހުން ގުރައިދޫ އިންތިޚާބުގެ އެންމެ 13 ދުވަހުން، ކޮންމެ ދުވަހަކު 13 މިލިއަން އާސަންދައަށް ޖުމްލަ 170 މިލިއަން މި އޮތީ އާސަންދައިގެ ނަމުގައި މި އޮތީ ޚަރަދުކޮށްފައި. އެސްޕާގެ ކައުންޓަރު ހުރީ ގެސްޓު ހައުސްގެ އެތެރޭގައި ބަހައްޓާފަ" 

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު

މި ސަރުކާރުން އުފައްދަމުންދާ ދަރަންޏާއި ގުޅިގެންވެސް ސައީދުގެ ވާހަކައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސައީދު ވިދާޅުވީ މި ސަރުކާރުން އެކަނި 60 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އުފައްދާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ބޮޑެތި ދަރަނިތައް އުފައްދައިގެން މިހާތަނަށް ސަރުކާރުން އެއްވެސް އެސެޓެއް އުފައްދާފައު ނުވާކަމީ އިޤްތިޞާދީ ނަޒަރަކުން ބަލާއިރު ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. 

ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކޮތަޅު ޓެކްސްގެ ގޮތުގައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނެގުމަށް ނިންމި ނިންމުމަކީވެސް ރައްޔިތުންނަށް އުފުލަން ޖެއްސި ބޮޑު ތަކުލީފެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.