ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ހަބަރު
20 Apr 2023 | 11:54
ފޯޅަވަހި ވިއްކާލީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން، ޑީލަރަކީ ޝާހިދު: ބޮންޑެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން ކަމަށާއި، އެ ޑީލު ހެދުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުކަމަށް މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 33 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވަނީ އަބްދުالله ޝާހިދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ފޯޅަވަހި ޑީލު ހަދާފައިވަނީ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ނެވެ. ފޯޅަވަހި މައްސަލައިގައި ޝާހިދު 500 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި، އެކަން ތަހުގީގުކުރަން ޖެހޭކަމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. އަދި ޝާހިދު އެ ޑީލު ހަދާފައިވަނީ ރައީސް ޞާލިހަށްވެސް އޮޅުވާލައިގެންކަމަށް ބޮންޑެ ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

"ފޯޅަވަހި ވިއްކާލީ އިއްޒަތްތެރި ރައީސް. 500 މިލިއަން ޑޮލަރުގެ ޑީލެއް ހެދިވާހަކަ ދައްކާ. އެކަން ތަހުގީގު ކުރަން ޖެހޭ. ފޯޅަވަހި އެއީ ރާއްޖޭގެ 15 ވަނަ އަތޮޅު. 15 ވަނަ އަތޮޅު ވިއްކާލީއެ! ރައްޔިތުން މަޖިލީހުން ފާސްކޮށްފަ 2010 ވަނަ އަހަރު ރައީސް ނަޝީދު ފާސްކޮށްފަ އދ އަށް ހުށައަޅާފައި އޮތް ލިޔެކިޔުންތަކެއް ބާތިލުކޮށް ރައްޔިތުންނަށް ސިއްރުން ސިޓީ ފޮނުވައިގެން. މިފަހަރު ރައްޔިތުން ވޯޓެއް ނުދޭނެ ފޯޅަވަހި ސިއްރު ސިޓީ، އަބްދުالله ޝާހިދުގެ ޑީލު، 500 މިލިއަން ޑޮލަރުގެ މައްސަލަ ރައްޔިތުންނަށް ހާމަނުކޮށްދެނީސް"

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިހު ފޮނުއްވި ސިޓީފުޅު އަނބުރާ ގެނެސް، އެ ސިޓީގައިވާ އެއްޗެއް ހާމަކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކުރަން ފަށާފައިވާކަމަށް ބޮންޑެ ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ސިޓީގައި އޮތް އެއްޗެއް ރައްޔިތުންނަށް ހާމަނުކުރާހާ ހިނދެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ރައްޔިތުން ވޯޓެއް ނުދޭނެ ކަމަށެވެ. 

އެހެންކަމުން، އެ މައްސަލަތައް ބަލައި ފޯޅަވަހި ވިއްކާލަން ހެދި ޑީލުގެ މައްސަލަވެސް ތަހުގީގުކޮށް ރައްޔިތުންނަށް ކަން ހިނގާފައި އޮތް ގޮތް އޮޅުން ފިލުވާދިނުމަށް ބޮންޑެ ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.