ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު)
ލައިފްސްޓައިލް
22 Apr 2023 | 12:45
"ޝިއު ޕާފިއުމް" ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފި

ދިވެހިރާއްޖޭގެ މަޝްހޫރު ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު) ގެ ނަމާއި ގުޅުވައިގެން "ޝިއު ޕާފިއުމް" ގެ ނަމުގައި އަންހެނުންނަށް ހާއްސަ ސެއްޓެއް އުފައްދައި ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

މިއީ އައިލެންޑް ޕާފިއުމް ބާރ އިން އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ދިވެހި އަމިއްލަ އުފެއްދެމް ކަމަށް އައިލެންޑް ޕާފިއުމް ބާރއިން މައުލޫމާތު ދެއެވެ.

މިސެންޓް ނެރެފައިވަނީ އައިލެންޑް ޕާފިމް ބާރ ގައި މިކަމަށް ހާއްސަ ކޮށްގެން ރޭ ބޭއްވި ހަފްލާއެއްގައެވެ.      

އައިލެންޑް ޕާފިއުމް ބާރއިން މައުލޫމާތު ދިން ގޮތުގައި، މި ޕާފިއުމަކީ މިކަމުގެ ތައުލީމު ހާސިލުކޮށްގެން ތިބި އައިލެންޑް ޕާފިއުމް ބާގެ ޓީމުން އެކްސްޕްރިމަންޓް ކޮށްގެން އުފައްދާފައިވާ، އަންހެނުންނަށް ގަޔާވާ ވަހެއް ހުންނަ ސެންޓެއް ކަމަށެވެ. އަދި މި ސެންޓުގައި ފްލޯރަލް އަދި ފްރުޓީ ވަސްތަކެއް އެކުލެވިގެންވާނެ ކަމަށެވެ.

"ސެންޓުގެ ވަސް ފަނޑުވަމުންދާއިރު ދެން ނުކުންނަނީ މަސްކް، އަދި ވުޑީ ވަސްތަކެއް. މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ރާއްޖެއަށް ހާއްސަކޮށްގެން ރާއްޖޭގެ ކުންފުންޏަކުން ތަޢާރަފް ކުރި ފުރަތަމަ ސެންޓު. މީގެ ސެންޓުގެ އިތުރުން އަތަރު ލިބެން ހުންނާނެ" އައިލެންޑް ޕާފިއުމް ބާރއިން މައުލޫމާތު ދިނެވެ.

ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު)

ސެންޓުގެ ވަސް ގިނައިރު ހިފެހެއްޓުމަށްޓަކައި ވަކި ވައްޓަފާޅިއަކުން ސެންޓު ޖެހުމަށް އައިލެންޑް ޕާފިއުމް ބާރއިން އިރުޝާދުދެއެވެ. އެގޮތުން ލާ އަންނައުނުގެ އިތުރުން ހަށިގަނޑުގެ ޕަލްސް ޕޮއިންޓްތަކަށް (ހަމުގެ ފަށަލައާ އެންމެ ކައިރިން ވިންދު ޖަހާ ދިމާތައް) ސެންޓު ޖެހުމަކީ އޭގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް އައިލެންޑް ޕާފިއުމް ބާރއިން ބުނެއެވެ.

"އައިލެންޑް ޕާފިއުމްއިން ދޭ ޔަގީންކަމަކީ، އެ ވައްޓަފާޅިއަށް އެ ތަނުން ވިއްކާ ސެންޓު ޖަހައިފި ނަމަ، 10-12 ގަޑިއިރަށް ވަސް ދެމި ހުންނާނެކަމުގެ ޔަގީންކަން" އައިލެންޑް ޕާފިއުމް ބާރއިން ބުންޏެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް އަތަރު އަދި ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރއެވެ.

އައިލެންޑް ޕާފިއުމް ބާރ އިން ވިއްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު، އެ ފިހާރައިގެ ވެބްސައިޓް އަދި އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ. އަދި7558822 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން ލޮނުޒިޔާރަތް މަގު ކުރީގެ ޓާމިނަލް ކެފޭ ކައިރީ ހުންނަ އައިލެންޑް ޕާފިއުމް ބާރ އަށް ޒިޔާރަތް ކޮށްގެން ވެސް އެ ފިހާރައިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.