ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައީސް ޞާލިހު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Apr 2023 | 11:19
ބޮޑުތަކުރުފާނު ހުންނެވި ނަމަ ފޯޅަވަހި ޑީލު ހެދި މީހުންގެ ބޯ ކަނޑާލިސް: އިބްރާހީމް ރަޝީދު

މިއަދު ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ފޯޅަވަހި ޑީލު ހެދި މީހުންގެ ބޯ ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް މި ސަރުކާރުން ބަދަލުކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދީ، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުވި ސިއްރު ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނެވެ. 

ބޮންޑެގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ފޯޅަވަހި މައްސަލައިގައި ސްޓޭންޑް ބަދަލުކުރީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މޮރިޝަސްގެ މަސްފެކްޓްރީ ތަކާއެކު 500 މިލިއަން ޑޮލަރުގެ ޑީލެއް ހައްދަވައިގެންކަމަށް ތުހުމަތު ކުރައްވަމުން ނެވެ. އޭނާ ވިދާޅުވީ އަބްދުالله ޝާހިދު އެ ފައިސާ ނަންގަވާފައިވާ ކަމަށެވެ. 

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

"މޮރިޝަސްއޭ މި ކިޔާ ތަނަކީ ކުރީ ޒަމާނުގައި، މުޙައްމަދު ތަކުރުފާނުގެ ޒަމާނުގައި މީހުން ދިރިއުޅުނު ރަށެއްވެސް ނޫން. ކަލާފަނު ޒަމާނުގައިވެސް ދިރިއުޅުނު ރަށެއް ނޫން. މިތަނަށް ކިޔާއުޅުނީ ދިނާރުބޯ. މިތަނަކީ ދިވެހިން ޒަންޖިބާރަށް ދާ މަގުމަތީގައި ބައެއް ފަހަރު ގަދަވެގެން ޖައްސާ ތަނެއް. ފަޅުރަށެއް. މި ސަރުކާރުން މި އުޅެނީ ފަޅުރަށަކަށް ދިވެހިރާއްޖޭގެ ސަރަހައްދެއް ވިއްކާލަން"

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

އެކަން ފާހަގަކުރައްވާ ބޮންޑެ ވިދާޅުވީ މިއަދު މުޙައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ހައްދަވާނެ ގޮތަކާއި ދޭތެރޭ ވިސްނާވަޑައިގެންނެވޭ ކަމަށެވެ. ނުވަތަ މިއަދު ކަލާފާނު ރަސްގެފާނު ހުންނެވި ހައްދަވާނީ ކިހެނެއްތޯ ހިތްޕުރަށް އަރާވަޑައިގަންނަވާ ކަމަށެވެ. 

އެއާއެކު އޭނާ ވިދާޅުވީ ޔަގީނުންވެސް ފޯޅަވަހި ޑީލު ހެދި ފަރާތްތަކުގެ ބޯ ބުރިކުރާނެ ކަމަށެވެ. ބޮންޑެ އެފަދައިން ވިދާޅުވީ ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލުމަށް ޑިލު ހެދި މީހުންނަށް ހައްޤު އަދަބު ދެއްވާނެކަން ސިފަކޮށްދެއްވުމުގެ ގޮތުންނެވެ. 

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

"އަޅުގަނޑު ހިތަށް އަރާ މުހައްމަދު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ކިހެނެއްބާއޭ ހައްދަވާނީ؟ ކަލާފާނު ހުންނެވި ނަމަ ކިހެނެއް ބާއޭ.. އަދި ބޮޑުތަކުރުފާނު އަދި އޭގެ ބޮޑު ރަސްގެފާނު ހުންނެވި ނަމަ ކިހެނެއް ބާ އޭ އިސްކަންދަރު ރަސްގެފާނު ހުންނެވި ހައްދަވާނީ؟ މި މީހުންގެ ބޯ ބުރިކޮށްލިސް. ބޯ ކަނޑާލިސް މި މީހުންގެ. އެވަރުގެ ކަމެއް މި ކުރަނީ. ދިވެހިރާއްޖޭގެ ސަރަހައްދެއް މި ދޫކޮށްލަނީ"

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

ފޯޅަވަހި މައްސަލައިގައި ގޮތް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އިން ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އަދި ކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ޑރ މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައަޅާ ބަހުސް ފަށާފައިވާއިރު، ފޯޅަވަހި ޑީލު ހެދި މީހުން ހާޒިރުކޮށް އެމީހުން ޖަވާބުދާރީ ކުރުވުމަށް މައްސަލަ ހުށައެޅުއްވި އާދަމް ޝަރީފު އުމަރު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ