ރައްޔިތުން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު---ފޮޓޯ: ރައްޔިތުންގެ މަޖްލިސް
ހަބަރު
27 Apr 2023 | 14:50
ސަރުކާރުން ކަމެއް ބޭނުންވީމަ، އަޅުގަނޑު އެކަމެއް އަވަސް ކުރާނެ ކަމަށް ހީނުުކުރައްވާ: ރައީސް ނަޝީދު

ސަރުކާރުން ކަމެއް ބޭނުންވީމަ އެކަމެއް އަވަސް ކުރަންވެގެން އެމަނިކުފާނު ކަމެއް ކުރައްވާނެ ކަމަށް ހީނުުކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު އޮތް ރައްޔިތުން މަޖްލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު (ޓޮމް)، ޖަލްސާގެ ވަގުތު ނުނިމެނީސް ނިމުނު ކަމަށް މަޖިލީހުގެ ރައީސްއަކަށް ކަނޑަނެޅޭނެ ކަމަށް ވިދާޅުވެ ހުށަހެޅި ނިޒާމާއި ގުޅޭ މައްސަލައަށް ރައްދު ދެއްވަމުންނެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝިދު ވިދާޅުވީ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަން މެމްބަރުން އެދި ވަޑައިގަންނަވާނަމަ ބަހުސް ކުރިއަށް ގެންދަން ޖެެހޭނެ ކަމަށެވެ.

އެގޮތުން މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ކޮންމެ މަސައްކަތަކީވެސް ވަރަށް ގިނައިރު ބަހުސް ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށާއި ގިނަ ސިޔާސީ ޕާޓީތަކުގެ ވަގުތު ހަމަވެފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިއާއިއެކު މިއަދު މަޖްލިސް ޗުއްޓީއަށް ދާއިރު މިމަސައްކަތްތައް ކޮމިޓީ ތަކަށް ފޮނުވިފައި އޮތްކަމަށް ވާނަމަ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކޮމިޓީ މަސައްކަތް ކުރެވި، އަލުން އަނބުރާ މަޖްލީހުގައި އިށީންނައިރު އެތައް ކަމަކަށް ވަގުތުން ގޮތް ނިންމޭ ގޮތަކަށް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މަސައްކަތްކުރަނީ އެ ތަސައްވަރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއްވެސް މެމްބަރަކުގެ ހިތަށް ވައްދަވައިގެން ނުވާނެ ސަރުކާރުން ކަމެއް ބޭނުންވީމާ އެކަމެއް އަވަހަށް ކުރަންވެގެން އަޅުގަނޑަށް ޖެހިގެން މިތަނުގައި އިނދެ އަޅުގަނޑު ކަމެއް ކުރާނެ ކަމަށް. އެއީ އެކަން ހިނގާނެ ގޮތެއްނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ކުނި ނައްތާލުމާއި ގުޅޭ ގާނޫނުގެ ތެރެއިން ބައެއް ބިިލްތަކާއިމެދު ކަންބޮޑުވެ ލައްވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަނީ 50 ހަކަށް މީހުންގެ ރިޓްވިޓް ފެނި ރާއްޖޭގެ ރައްޔިިތުން މިކަމާއި ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑު ވީއޭ ހިތަށްއެރުމުން ކަމަށާއި އެހެންވީމަ މިކަމަށް ކޮންމެހެން ވެސް ޖަލްސާތައް ކުރިއަށް ގެންގޮސްގެން ގޮތެއް ނިންމަން ޖެހޭނޭ ކަމަށް ހީކުރެވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެެން ނަމަވެސް ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ކަމަށް އެމަނިކުފާނަށް ފާހަގަވެފައިވަނީ ފަރުތަކަށް ލިބޭ ގެއްލުމާއި ތިމާވެއްޓަށް ލިބޭ ގެއްލުމާއި ސިއްހަތަށް ލިބޭ ގެއްލުމުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސައިންސްވެރިން ބުނަމުން މި އަންނަނީ މިކަން ވަމުން އަންނަނީ ކޮތަޅުތަކުގެ ސަބަބުންނޭ. އެހެންވީމާ އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީކީއެއް އަވަސްކޮށް ގެންގޮސް އަޅުގަނޑުމެން ނިންމަންޖެހޭ ބާވަތުގެ ބަހުސެއްނޫން. އެއީ ފުންކޮށް އަޅުގަނޑުމެން ވިސްނަން ޖެހޭ ބާވަތުގެ ކަމެއް." ރައީސް ނަޝިދު ވިދާލުވިއެވެ.

އެހެންވީމާ އެމައްސަލަ ކޮމިޓީއަށް ފޮނުވައިދެވޭނެ ކަމަށާއި މިއަދުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަން އެދިވަޑައިގަންނަވާ މެމްބަރުން ތިއްބަވަނިކޮށް ބަހުސް ނިންމާލަން އެމަނިކުފާނު ގަސްތު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ސްޕޮންސާކޮށްގެން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައެޅި އިސްލާހުގައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް ކަނޑައަޅާފަ އެވެ. އެ އިސްލާހު ހުށައެޅިއިރު ކުނި ގާނޫނުގެ 35 ވަނަ މާއްދާއަށް އޭރު ގެނައި އިސްލާހުގައި އޮތީ 50 ކޮތަޅު ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮޑިން ފީ ނެގުން އިސްތިސްނާކޮށްފަ އެވެ. 

އެހެން ނަމަވެސް ބިލު ފާސްކުރިއިރު އެ އިސްތިސްނާ ހިމަނާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ޕްލާސްޓިކް ކޮތަޅު ގަންނަ ކޮންމެ މަރުހަލާއެއްގައި ދައުލަތަށް ދެ ރުފިޔާ ދައްކަން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގުތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. 

އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން، އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން އެ މާއްދާ އަލުން އިސްލާހުކުރުމަށް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފަ އެވެ. އަދި ކޮތަޅު ބިލު އިސްލާހުކޮށްފައި ނޫނީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ނުދިއުމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުންވަނީ އެދިވަޑައިގެންފައެވެ.

އެ އިޚްތިޔާރު މެމްބަރަށް ލިބިގެން ނުވާކަން ތަކުރާރުކޮށް ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ މިހާރުވެސް ތާވަލުކުރެވިފައިވާ ގޮތަށް މަޖިލިސް މާދަން ފެށިގެން ޗުއްޓީއަށް ދާނެ ކަމަށެވެ. 

އެހެންކަމުން ދެން އެ ބިލު އިސްލާހު ކުރާނީ މަޖިލީސް ޗުއްޓީއިން އެނބުރި އައިސްފައެވެ. އެ މުއްދަތުގެ ތެރޭގައި އަމަލުކުރެވެމުން ދާނީ މިހާރުވެސް އަމަލުކުރާ ޤާނޫނަށެވެ. 

އެހެންކަމުން މަޖިލީސް ޗުއްޓީގައި އޮންނަ މުއްދަތުގެ ތެރޭގައި މިހާރުވެސް ނަގާގޮތަށް ކޮންމެ ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ދައުލަތަށް ނަގަމުންދާނެ އެވެ. އަދި ކޮތަޅު ބޮނޑީގެ އަގުތައްވެސް ހުންނާނީ މިހާރު އުފުލިފައިވާ އަގުތަކުގަ އެވެ. 

ކޮމެންޓް
ދަންމިން
މިހެރަ ބޮޑު އަނގަޔާ ތިޔަހުރީ ބާކީވެ ބިކަވެފަ ސިޔާސީ މައިދާނުން، ކާކުތޯ މިހާރު މަނިކުފާނަށް ބޮޑުވަޒީރުކަން ދޭން އުޅޭނީ ދެންވެސް އަބުރުވެރިކަން އިސްކޮއް ގޭގަ މަޑުކޮއްލާ.
29 Apr 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.