ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2023 | 14:10
ސަރުކާރުން ކަންކަން ސިއްރު ކުރާކަމަށް ބުނުމަކީ ރައްދުކުރާ ނުޙައްގު ބަހެއް: ޝާހިދު

މި ސަރުކާރުން ކަންކަން ސިއްރުކުރާކަމަށް ބުނުމަކީ ސަރުކާރަށް ރައްދުކުރެވޭ ނުހައްގު ބަހެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ އެކި އިދާރާތަކަށް ހުށައަޅާ މައުލޫމާތު ހާމަނުކުރުމަށް ސަރުކާރުން އުޒުރު ދައްކަމުން ދިއުމާއި، މައުލޫމާތު ހާމަނުކުރުމަށް ކޯޓަށް ދިއުން ފަދަ ކަންކަން ކުރައްވަމުން ދަނީ ކީއްވެގެންތޯ އައްސަވާ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

މި ސަރުކާރު ވެރިކަމަށް އައީ ދެފުށް ފެންނަ ހާމަކަންބޮޑު ވެރިކަމެއް ކުރާނެކަމުގެ ވައުދުވެގެންކަމަށް ވުމުން "ސިއްރުން ވެރިކަން" ކުރައްވަން އުޅުއްވަނީ ކޮން ސަބަބަކާ ހުރެތޯ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން ކަންކަން ސިއްރު ކުރާކަމަށް ބުނުމަކީ ސަރުކާރަށް ރައްދުކުރެވޭ ނުހައްގު ބަހެއް ކަމަށެވެ. މި ސަރުކާރަށްވުރެ ވަކި ހާމަކަން ބޮޑުކޮށް ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ނެތް ކަމަށާއި، ސަރުކާރުން އަބަދުވެސް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތަކާއި ހިސާބުތައް ހާމަކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސަރުކާރުން މައުލޫމާތު ހާމަކުރްމުންދާނީ އެކަމަށް އެކުލަވާފައިވާ އޮންނަ ގަވައިދުގެ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން އަނެކާގެ މަސްލަހަތު ގެއްލޭ ހިސާބަށް މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށާއި، އެ ހައްގުތަކަކީ ސަރުކާރުން ހިމާޔަތްކުރަން ޖެހޭ ހައްގުތަކެއްކަމަށް ވާތީ އެފަދަ މައުލޫމާތުތައް ހާމަނުކުރެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެންމެން ވެސް ފަރިތަވާން ޖެހޭ އަނެކާގެ ހައްގުތަކާއި ބެހޭގޮތުން. އަދި ހަމަ އެއާއެކު ބައިނަލްއަގުވާމީ އުސޫލުތަކަށް، ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރޭގައި އެބަހުރޭ ގައުމުތަކުގެ ދެމެދުގައި ހިނގާ ކޮރަސްޕޮންޑެންސްއަށް އިޚްތިރާމް ކުރުން، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ބޭރު ގައުމުގެ ކޮންމެ ވެރިއަކަށް ފޮނުވާ ސިޓީއެއް މީޑިއާގައި ޖަހަން ފަށައިފިއްޔާ އަޅުގަނޑުމެންނާ ވާހަކަދައްކާނެ ބަޔަކު ނުވާނެ"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

އަބްދުﷲ ޝާހިދު ވިދާޅުވީ މައުލޫމާތު ހާމަކުރުމަކީ ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް ހަނިކޮށްފައި އޮންނަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އަބަދުވެސް ދެވެން އޮތް އެންމެ ގިނައެއްކޮށް މައުލޫމާތު ހާމަކުރައްވަމުންދާ ކަމަށާއި، ސަރުކާރު ހިންގަމުންދަނީ ދެފުށް ފެންނާނެހެން ހާމަކަން ބޮޑު ގޮތަކަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.