އަރބަންކޯ ޓީމުގެ ޖަރޒީ ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އަރބަންކޯ
ހަބަރު
01 May 2023 | 19:48
އެމްޕީއެލްއާ ދެކޮޅަށް ނިކުންނަން އަރބަންކޯ ވޮލީ ޓީމް ތައްޔާރަށް

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ އިންޓަރ އޮފީސް ވޮލީބޯލް މުބާރާތް ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ވަނީ ކުޅެފައެވެ. ދެވަނަ މެޗުގައި މިރޭ ކްލަބް އަރްބަންކޯ އިން ވާދަކުރީ އެމްޕީއެލްއާއެވެ.

ކްލަބް އަރބަންކޯގެ ޓީމުން ވަނީ މި މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން 14 ޕްލޭޔަރުންގެ ޓީމުގައި ރާއްޖޭގައި ވިދާލާ ވޮލީބޯޅަ ކުޅުންތެރިން ވެސް ހިމެނެއެވެ.

އޭގެތެރޭގައި ގައުމީ ވޮލީ ބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހަންމަދު، ގައުމީ ޓީމުގެ ސެންޓަރ ބްލޮކަރ ފައިރޫޒް، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި، ބީޗް ވޮލީ ގޯލްޑް މެޑަލިސްޓް އިސްމާއިލް ސާޖިދު ހިމެނެއެވެ.

މި ވަރުގަދަ ޓީމުގެ ކޯޗުކަން ކޮށްދެނީ ގައުމީޓީމުގެ ހެޑް ކޯޗް މުހަންމަދު ސާޖިދެވެ.

ގްރޫޕް ސްޓޭޖުގައި ކްލަބް އަރބަންކޯއިން ކުޅެން ހަމަޖެހިފައި ވަނީ ހަތަރު މެޗެވެ. އެއީ މިރޭ އެމްޕީއެލް އާ ދެކޮޅަށް ކުޅޭ މެޗް، ބުދަ ދުވަހު އެމްއޭސީއެލްއާ ދެކޮޅަށް ކުޅޭ މެޗު އަދި ބުރާސްފަތި ދުވަހު އެމްޕީއެސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރަށް ހޮނިހިރު ދުވަހު ސްޓެލްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.