ކްރިމިނަލް ކޯޓް---ފޮޓޯ: މިހާރު
ހަބަރު
02 May 2023 | 11:51
މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ މީހާއަށް ބަސް ނޭނގުމުން ބަންދު ކުރު މުއްދަތަކަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ މީހަކަށް އިނގެރޭސި އަދި ހިންދީ ބަސް ވެސް ނޭނގުމުގެ ސަބަބުން ދެކެވޭ ވާހަކަތައް ފަހުމް ނުވާތީ އޭނާގެ ބަންދު ކުރު މުއްދަތަކަށް ކަނޑައަޅަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ މަހުގެ 12 ގައި ލަލްތުލަންޕަރި ކިޔާ އުމުރުން 57 އަހަރުގެ އިންޑިއާ އަންހެން މީހާ އަތުލައިގަނެފައިވަނީ ކަސްޓަމްސްއިން އެނާ ހުއްޓުވައި އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުމުގެ ސަބަބުންނެވެ.

އިއްޔެ އޭނާއަށް ކޯޓުގައި އަޑުއެހުން ބޭއްވިއިރު ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސާދީފައިވީ ނަމަވެސް އޭނާއަށް އިނގެރޭސި އަދި ހިންދީ ބަސްވެސް ނޭނގޭ ކަމަށް ކްރިމިނަލް ކޯޓްއިން ވަނީ ބުނެފައެވެ.

އެހެންކަމުން ވަކީލާއި މުއާމަލާތުކުރުމުގައިވެސް ދަތިތަކެއް ހުރި ކަމަށާއި ތަރުޖަމާނު މެދުވެރިކޮށް ދައްކާ ވާހަކަތައްވެސް އޭނާއަށް ފަހުމް ނުވާކަން ފާހަގަކުރެވުނު ކަމަށް ކޯޓްއިން ބުނެފައިވެއެވެ.

މީގެ އިތުރުން 5 ދުވަހުގެ ކުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ މިކަންކަމަށް ރިއާޔަތްކޮށްފައި ކަމަށް ކޯޓު އަމުރުގައި ގާޒީ އާދަމް މުހައްމަދު ވަނީ ފާހަގަކުރައްވާފަވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.