ޖޭޕީގެ ރައީސް ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
03 May 2023 | 11:09
ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަނުކުރައްވަން ނިންމަވާފައިވާ ކަމަށާއި، އެމަނިކުފާނު ގަސްދުކުރައްވަނީ އެ އިންތިޚާބުގައި ޕީޕީއެމް ފަހަތަށް އެރުމަށްކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ޚަބަރުތައް ޖޭޕީން ދޮގުކޮށްފި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ވާދަކުރަން ނިންމާފައިވަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ އަގުލަބިއްޔަތުން ނެވެ. އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމްކަމަށް ޕާޓީން ވަނީ ނިންމަވާފަ އެވެ. 

އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދުކުރާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ގޮފިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި އެ ފަރާތުގެ ދެމެދުގައި މަޝްވަރާތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ތާޔާރުވުމުގެ ކަންކަން ފޯރިއާއެކު ކުރިއަށްދާ ދަނޑިވަޅެއްގައި ބައެއް ނޫސްތަކުން ގެންދަނީ ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާކަމަށް ރިޕޯޓުކޮށް ޚަބަރުތައް ފަތުރަމުން ނެވެ. 

އެކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަލީ ޝާހު ކުރެއްވި ޓްވީޓެއްގައި ވަނީ ނޫސްތަކުގައިވާ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ. ޝާހު ވިދާޅުވީ ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަމަށް ބުނެ ބައެއް ނޫސްތަކުގައި ޖަހާފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށެވެ. އަދި އެފަދައިން ޚަބަރުތައް ފަތުރަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްކަމަށް ޝާހު ވިދާޅުވި އެވެ. 

"ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބްގައި އެހެން ޕާޓީއަކަށް ތާއީދުކޮށްފާނެ ކަމަށާއި، ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް"

ޖޭޕީގެ ނައިބު ލީޑަރު އަލީ ޝާހު 

ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ފަރާތުންވެސް ބަހުގެ ހަމަލާތަކެއް ރައްދުވެގެން ދިޔައެވެ. 

އެގޮތުން ޖޭޕީގެ ސްލޮޓުގައި ތިބި އެޕާޓީގެ ވަޒީރުންނާއި ސިޔާސީ މުވައްޒަފުން ވަރަށް "ހަޑިކޮށް" މަޤާމުތަކުން ދުރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ މެމްބަރުން ވަނީ ދެއްވާފަ އެވެ. 

އެހެން ނަމަވެސް 2018 ވަނަ އަހަރު އެކުލަވާލި ކޯލިޝަން ސަރުކާރުންވެސް އަދި ޖުމްހޫރީ ޕާޓީންވެސް ރޫޅާލާފައެއް ނުވެއެވެ. ޖޭޕީގެ ނިންމުމާއެކު ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބައެއް ވަޒީރުންނާއި ވަޒީރު ފެންވަރުގެ ބޭބޭފުޅުން ޖޭޕީން ވަކިވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް ސަރުކާރުން ޖެޕީގެ ސްލޮޓުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކު މަޤާމުން ވަކިކުރައްވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.