ޗާގޯސް މައްސަލާގައި ބޭއްވޭ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ދެން
ހަބަރު
03 May 2023 | 17:18
ޗާގޯސް މައްސަލާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ހަމަ ޖައްސާފައިވާ ތަން އެންމެ ފަހު ވަގުތު ނުދިން: ޑރ. މުނައްވަރު

ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ކުރިން ހަމަ ޖައްސާފައިވާ ތަން އެންމެ ފަހު ވަގުތު ނުދިން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު 4:00 ގައި މެންހަޓަން ބިޒްނަސް ހޮޓެލްގެ ބެންކުއެޓް ހޯލުގައި ބާއްވަން ހަމަ ޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމަށް އެތަން ކުއްޔަށް ދިނުމަށްފަހު މިއަދު މެންދުރު 1:30 ވީފަހުން މި ބައްދަލުވުން ބާއްވަން ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އެހެންކަމުން މި ބައްދަލުވުން މިހާރު ބާއްވަމުން ދަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތު ގައެވެ.

މި ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރާއި، ޑރ. މުނައްވަރު އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިއާއިއެކު ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީވެސް ބައިވެރިވިއެވެ.

އެގޮތުން ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އާއި، އެމްއާރްއެމްގެ ނާއިބު ރައީސް އަހްމަދު އުޝާމް އާއި، އެމްއާރްއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ، އަދި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ފެކްޝަންގެ ފަރާތުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.