ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން/ ފޮޓޯ: ވޮއިސް
ހަބަރު
04 May 2023 | 12:14
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ޒިންމާ ސަރުކާރުގެ އިސްވެރިން ނަގަން ޖެހޭ: އަލީ ހުސެއިން

ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިއުމުގެ ޒިންމާ މި ސަރުކާރުގެ އިސްވެރިން ނަންގަވަން ޖެހޭކަމަށް ފޯޅަވަހި މައްސަލައާއި ގުޅިގެން ގުޅިފައިވާ ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީ ތަމްސީލު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ސަރަހައްދުގެ މައްސަލައަކީ ޖުމްހޫރީ ޕާޓީން ގައުމީ މައްސަލައެއްގެ ގޮތުގައި ޤަބޫލުކުރާ ކަމެއް ކަމަށެވެ. 

ފޯލަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ރައްޔިތުންގެ ހައްޤުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގެ ޒިންމާ މިއަދު ސަރުކާރުގެ އިސް ސަފުގައި ތިބި ފަރާތްތައް ނަގަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީން ޤަބޫލުކުރާ ކަމަށެވެ. 

އެގޮތުން ކޯޓުގައި ވަކާލާތު ކުރިއިރު ދިވެހިންނަށް މަންފާވާ ގޮތަށް ދިވެހި ސަރުކާރު ތަމްސީލު ކުރި ޓީމުން ވަކާލާތުވެސް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައަކީ މީ ޒަމާނުއްސުރެ މަސްވެރިކަން ކުރާ ޤައުމެއްކަން. މި ޤައުމަށް އިސްކަން ދޭން ޖެހޭނެކަން. އަޅުގަނޑުމެންނަކީ މިހާރުގެ ގޮތުން ނަމަ ތިމާވެއްޓާއި އެންމެ ރައްޓެހިކޮށް މަސްވެރިކަން ކުރާ ޤައުމުކަން، މި ޤައުމަށް އިސްކަންދޭން ޖެހޭނެކަން. ދެން ތިވާހަކަ ދައްކާ ހިސާބަކާއި، ހިސާބެއްގެ ކައިރީގައިވެސް މިނިވަން ދައުލަތެއް ނެތްކަން. މި ހުރިހާ ވާހަކައެއް އަޅުގަނޑުމެން ދައްކަން ޖެހޭނެ. މިއިން އެއްވެސް ވާހަކައެއް ނުދައްކާ މެދު ލައިނުން ބަހާ ވާހަކަ ދެއްކީމާ ޖުމްހޫރީ ޕާޓީން އަޅުގަނޑުމެން ގަބޫލުކުރަނީ ހަގީގައތުގައި މިއަދު ރާއްޖޭގައި ވެރިކަން ކުރަން ތިއްބެވި ބޭފުޅުން އެ ވަނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ބޮޑުތަނުން ޚިލާފުވެފަ. އެބޭފުޅުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ"

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން 

އަލީ ހުސެއިން އިތުރަށް ވިދާޅުވީ ސަރަހައްދާއި ގުޅުންހުރި މި މައްސަލައިގައި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށެވެ. 

އެގޮތުން އެ ޕާޓީގެ ސްޓޭންޑަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އޮތްކަމުގައި ވީ ނަމަވެސް، އެ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ފޯޅަވަހި މައްސަލައިގައި ގުޅިގެން މަސައްކަތްކުރުންކަން އޭނާ ހާމަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.