ހުޅުމާލެ ބީޗް ސަރަހައްދު---ފޮޓޯ: އަރބަންކޯ
ހަބަރު
04 May 2023 | 16:45
އުސޫލުތަކާ ޚިލާފުވާތީ ހުޅުމާލެ ބީޗުގެ ހިތްފަސޭހަ މާހައުލެއް ނުދެމެހެއްޓޭ: އަރބަންކޯ

ބައެއް ވިޔަފާރިތަކުން އުސޫލުތަކާ ޚިލާފުވުމަކީ ހުޅުމާލެ ބީޗު ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށް އޮތް ގޮންޖެހުމެއް ކަމަށާއި މިކަމަށް ސަމާލުވުމަށް އަރބަންކޯއިން އެދެފިއެވެ.

އެ ކުންފުނިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަރބަންކޯއިން ހުޅުމާލެ އަރބަން އަދި ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އެއް އިސްކަމެއްދޭ ކަމަކީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރުމަށް ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދަށް ބަލާއިރު، އާންމުންނަށް އެންމެ ޖާގަ ތަނަވަސް ދޮންވެލި ބީޗެއް ލިބެން އޮތީ ހުޅުމާލެއިން ކަމަށްވާއިރު، ހުޅުމާލޭގެ ބީޗު ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން އާންމުންގެ ހިތްހަމަޖެހުމަށްޓަކައި އަދި އާންމުން ބޭނުންވާފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

މީގެ ތެރޭގައި ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ޚާއްސަކޮށް ވޯޓާސްޕޯޓްސް ވިޔަފާރިތައް ހިމެނޭއިރު މިފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީ ހުއްދަ ދީފައިވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ބީޗަކީ އާންމުން ބޭނުންކުރާނެ ޖާގަ ތަނަވަސް އަދި އަތޮޅުތެރޭގެ ރަށްރަށުން ވެސް ލިބޭ ފަދަ ދޮންވެލި ސާފު ބީޗެއްގެ ތަޖުރިބާ ލިބިދޭނެ ފަދަ ތަނަކަށް ހެދުމަށް އަރބަންކޯއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު މިކަމުގައި އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބީޗު ސަރަހައްދުގައި ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން މިކަމުގައި އޮންނަ އުސޫލުތަކާ ޚިލާފުވުން ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

އެގޮތުން ވޯޓަރސްޕޯޓްސް ވިޔަފާރިއަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ކަމަކަށްވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެތަންތަނުން ވިއްކަން ހުއްދަދީފައިވާނީ އާންމުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެހެން ނަމަވެސް، ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ޚިދުމަތް ދިނުމަކީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވާއިރު އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ އެކި ފަހަރުމަތިން ލިބިފައިވާ ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ކުންފުނީގެ ފަރާތުން ހުޅުމާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނައިރު މި މަގްސަދުގައި ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.