05 Feb 2019 | 12:58
ކެންސަރު ބަލީގެ ބިރަށް ކުޑަކުދިންނަށް ސޮސެޖާއި ހޮޓް ޑޯގް ކާން ނުދޭން ސައިންސްވެރިންގެ ލަފާ!

"ކެންސަރު" މި ބަހަކީ ވެސް ގިނަ ބައެއްގެ ހިތްތަކަށް ބިރުވެރިކަމެއް ގެނެސްދޭ ބަހެކެވެ. ކޮންމެ އާއިލާއަކުވެސް، ކެންސަރު ބަލީގެ ޝިކާރައަކަށް ވުމުގެ ސަބަބުން މަރުވެދިޔަ ގާތް މީހެއް ނުވަތަ ރަހުމަތްތެރިއެއްގެ ވާހަކަ ދެކެވޭނެއެވެ. ކެންސަރު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްވެސް ނޫނެވެ. އެހެންނަމަވެސް، ވޯރލްޑް ހެލްތް އޯގަނައިޒޭޝަންގެ އެންމެ ފަހުގެ ތަފާސު ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު އެކަނިވެސް 10 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ކެންސަރު ބަލީގެ ސަބަބުން މި ދުނިޔެ ދޫކޮށް ގޮސްފައެވެ.

ކެންސަރު ބަލި ދިރާސާ ކުރާ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ވަކި ކަހަލަ ކާއެއްޗެހި ގިނައިން ކެއުމުގެ ސަބަބުން ކެންސަރު ބަލި ޖެހުމަށް މަގުފަހި ވެއެވެ. އެގޮތުން ކެއުމުގަި ސޮސެޖާއި، ޕޮޓޭޓޯ ޗިޕްސް އަދި ހަކުރު ހިމެނޭ ބާވަތްތަށް ގިނައިން އިޙްތިޔާރު ކުރާ ފަރާތްތަކަށް ކެންސަރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެގެންދާކަން ދިރާސާ ތަކުން ހާމަވެގެންދެއެވެ.

މީގެ އިތުރުން މީހާ އުފެދުމުގައި ވާރުތަވެފައިވާ ހުންނަ ބައެއް ސިފަތަކުގެ އިތުރުން، އާންމު ދިރިއުޅުމުގައި އިޙްތިޔާރުކުރެވޭ ސިއްޙަތަށް ނުރައްކާކުރާ ފަދަ އާދަތަކުގެ ސަބަބުންވެސް ކެންސަރު ބައްޔަށް މަގުފަހިވާކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

ފަހުގެ ހޯދުންތަކަށް ބުރަވެ ކެންސަރު ބަލީގެ މާހިރުން ލަފާ ދެނީ ގަދަޔަށް ޕްރޮސެސް ކޮށްފަ ހުންނަ މަސް (ހޮޓް ޑޯގް) އަދި ރަތް މަހުގެ ބާވަތްތައް (އޫރުމަސް، ގެރިމަސް) ވީހަވެސް މަދުން ކެއުމަށެވެ. އަދި ޙާއްސަކޮށް ކުޑަކުދިންގެ ކެއުމުގައި މިފަދަ ބާވަތްތަށް ނުހިމެނުމަށެވެ. 

ތަފާތު ކެމިކަލް ބޭނުންކޮށްގެން ތައްޔާރުކުރާ ޕެކެޓުކުރި ކާނާއާއި ހަކުރު ހިމެނޭ ބާވަތްތައްވެސް ކެއުމުން މަދު ކުރުމަށް ސައިންސްވެރިން ލަފާދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ
17 Sep 2026
ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި
އެގޮތުން ބޯޑަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދު އާއި ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމް އެވެ..
17 Sep 2026
ޔާމީނާއި ދެކޮޅަށް އޮތް ދެ މައްސަލަ މި މަހުގެ ފަހުކޮޅަށް ތާވަަލުކޮށްފި
މި ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތާ މަސްތަކެއް ވެއްޖެ އެވެ. ކްރިމިނަލް ކޯޓުން ބުނީ ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑަރިންގެ ދައުވާއާ ގުޅިގެން އަޑުއެހުމެއް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
17 Sep 2026
ތ.ގުރައިދޫގައި ބިދޭސީއަކު މެރުމުގެ ކުށް ސާބިތުވެ، ބަބުލް މިއާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ގުރައިދޫގައި 2020 ގައި ބަންގްލަދޭޝް ރައްޔިތެއް ތޫނު އެއްޗަކުން މެރި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.