ޓްރީޓޮޕް ހޮސްޕިޓަލް: މައްސަލަ ހޫނުވެ ބައެއް ޑޮކްޓަރުން ފޮނުވާލަނީ

03 Oct 2018 | 12:15

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލް މެނޭޖްމަންޓާއި ޑޮކްޓަރުންތަކެއް މެދުގައި އުފުދުނު މައްސަލަ ހައްލު ނުވެ ބައެއް ޑޮކްޓަރުން ފޮނުވާލުމަށް ނިންމައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރެއް "ވޮއިސް" އާއި ވަނީ މިކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މައްސަލަ ފެށިވަފައިވަނީ ފަރުވާ ހޯދުމަށް އަންނަ ޕޭޝަންޓުން ހަދަން ޖެހޭ ޓެސްޓް ހޮސްޕިޓަލް އިން ބޭރުން (ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ، އައިޖީމެމްއެޗް) ހެދުމަށް ޑޮކްޓަރުން މަގުފަހިކޮށްދޭކަމަށް ބުނެއެވެ.

އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ހެދެން ހުންނަ ޓެސްޓްތައް އާސަންދައިގެ ދަށުން ޖެހުމަށްޓަކައި ޑޮކްޓަރުން ލިޔުންދޭކަމަށް ވެއެވެ.

މިކަމުން ހޮސްޕިޓަލަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމުން ވަނީ މިކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިކަން މާއުލޫމާތު ދިން ޑޮކްޓަރު ހާމަކުރިއެވެ.

އެގޮތުން ތަކުރާރުކޮށް މި ކަން ކޮށްފައިވާ ޑޮކްޓަރުންތަކެއް މިހާރު ފޮނުވާލަން ނިންމާފައިވާކަން އޭނާ ފާހަގަކުރިއެވެ.

މިކަމާ ބެހޭގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގެ ބަހެއްވަނީ ލިބޭގޮތްނުވެފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއ ލިބޭ ތަނެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ހިދުމަތުގެ އަގު ބޮޑު ވާމައްސަލަ އަކީ އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވަނީ ވެފައެވެ.

މިކަމުގެ ހައްލެއްގެ ގޮތުން ޓްރީޓޮޕްއިން ވަނީ އާސަންދަގެ ހިދުމަތް ދިވެހިންނަށް ލިބޭނެ މަގު ފަހިކުރަމުންކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ މިހާރު ދިވެހިން ވެސް ގިނައިން ހިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރި މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުރެ އެވެ. ދެ އިމާރާތައްވާ ގޮތަށް ތަރައްގީކުރި މި ހޮސްޕިޓަލް އަޅަމުން ދަނީ އެންމެ ޒަމާނީ ހޮސްޕިޓަލަކުން ވެސް ދެވޭނެ ހުރިހާ ސިއްހީ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ.

ހޮސްޕިޓަލުގައި ވީއައިޕީ ސްޓޭގެ ހިދުމަތާއި ފުޅާ ދާއިރާއެއްގައި ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ނިޒާމް ގާއިމްކޮށްފައިވާއިރު އެނޫންވެސް ބޮޑެތި ބަލިތަކަށް ބޭނުންވާ އެންމެ އަވަސް ފަރުވާއިން ފެށިގެން ސާޖިކަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާނީ ބޭރުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނެވެ. 

Advertisement

ކޮމެންޓް

Advertisement