ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް-- ފޮޓޯ/ ވޮއިސް
ހަބަރު
09 May 2023 | 10:43
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ޤާސިމް، ޖޭޕީއަށް އަންގަވައިފި

ލަހެއް ފަހެއް ނެތި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުތުން އަވަސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް، އެ ޕާޓީގެ ލީޑަރޝިޕަށާއި ޕާޓީއަށް އަންގަވައިފިއެވެ. 

މިކަން އަންގައި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023ގެ ކެމްޕޭން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، އަވަހަށް ކެންޕޭން ފެއްޓުމަށް ގާސިމް ޕާޓީއަށް އަންގަވާފައިވާ ކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޖުމްހޫރީ ޕާޓީއަށް ސިޓީ ފޮނުއްްވާފައި ވަނިކޮށް، އެ ޕާޓީން ވަނީ، އިންތިޚާބު ގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެގެން ޕާޓީ އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަ ކުރިމަށް ނިންމާފައެވެ.  

އެއާއެކު، އެ ޕާޓީން ވަނީ، ޕާޓީ އާއި އެކު ކޯލިޝަން ހެދުމުގެ ދައުވަތު އިދިކޮޅު ޕީޕީއެމް ހިމެނޭހެން ގިނަ ސިޔާސީ ޕާޓީ ތަކަށް ދީފައެވެ. ނަމަވެސް އެ ދަޢުވަތު ޕީޕީއެމާއި، އެމްއެންޕީ އަދި އެމްޑީއޭ އިންވެސް ގަބޫލު ކޮށްފައެއް ނުވެއެވެ. 

ރިޔާސީ އިންތިޚާބަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ޖޭޕީން ވާން ފަށާފައިވާއިރު، އެޕާޓީން އަދިވެސް އަންނަނީ ސިޔާސީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކޮށް އިންތިހާބުގައި ކޯލިޝަން ހެދުމާއިމެދު މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި، އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި އެކު ދޭތެރެއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. 

ކޮމެންޓް
އެލެކްސް
އިބޫ ނޫންގޮތެއް ބޭނުންވޭ... އިބޫގެ ކޯލިޝަންގެ ފަރާތުން ލިބުނު އަނިޔާގެ ބަދަލުގައި އެ ކޯލިޝަންދެމެހެއްޓި މީހުންނަށް ނޫނެކޭ ބުނަން ޖެހޭ.
09 May 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.