އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ބޭއްވުނު އާއިލީ ހަވީރު
ހަބަރު
11 May 2023 | 12:13
ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަ ކުރަން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އަރބަންކޯއިން ނިންމައިފިއެވެ.

މާދަމާއަކީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރޭ ދުވަހެވެ. އެހެންކަމުން އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރބަންކޯއިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

އެގޮތުން މޯލްޑިވްސް ނެޝެނަލް ހައުސިން އެސޯސިއޭޝަންއާއި އަރބަންކޯއިން ގުޅިގެން މާދަމާ ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ކުޑަކުދިންގެ ދުވަހާއި ހުޅުމާލެ އަށް 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި ކުޑަކުދިންގެ ހަވީރު ބާއްވަން ހަމަޖެހިފައި ވަނީ ހަވީރު 4ން 6އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައެވެ.

މި ހަވީރުގައި ލަވަކިޔުންތެރިޔާ ޝަލަބީ އަދި ރޮބޯމޭންގެ ހަރަކާތްތައް ކުދިންނަށް ދައްކާލުމަށް ހަމަޖައްސާފައިވާއިރު، ސްޕޯޓްސް ކާ ޝޯވެސް ކުރިއަށްދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ.

މީގެ އިތުރަށް އަރބަންކޯގެ އިސްނެގުމަށް ހިޔާ މެޑިކަލް ސެންޓަރއާ ގުޅިގެން ގެންދާ ހެލްތު ޗެކްއަޕް ސްޓޭޝަނެއްވެސް މި ހަވީރުގައި ހިމެނިފައި ވެއެވެ.

އަރބަންކޯއިން ބުނީ، މި ހަރަކާތުގެ މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި ވަގުތެއް ހޯދައިދީ، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން އެއްބައިވަންތަކޮށް، ބާރުވެރިކޮށް، ބަދަހިކުރުން ކަމަށެވެ. އަދި މުޖުތަމަޢުގައި ދިރިއުޅޭ މީހުންނަށް، ގެއިން ބޭރުގައިވެސް ދަރިންނަށް އުފާވެރި، ހަރުދަނާ، ޞުލްޙަވެރި މާޙައުލެއް ޤާއިމުކުރެވިދާނެކަން ދައްކުވައިދިނުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.