ގާސިމް އިބްރާހީމް ޕާޓީއާއި އަލަށް ގުޅުން މެންބަރަކާއިއެކު
ހަބަރު
11 May 2023 | 14:25
ރާއްޖޭގެ ޚިދުމަތްތެރީން ޖޭޕީއާއެކު ސިޔާސީ ކަމަރު ބަންނަވާ، ރިޔާސީ ދަތުރުގައި ބައިވެރިވެލެއްވާ: ގާސިމް

ރާއްޖޭގެ ޚިދުމަތްތެރީން ގައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއިއެކު ސިޔާސީ ކަމަރު ބަންނަވާ، ރިޔާސީ ދަތުރު ގައި ބައިވެރިވެލެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިއްޖެއެވެ.

ގާސިމް މިހެން އެދިފައިވަނީ ޖޭޕީއަށް އައު މެމްބަރުންތަކެއް ގުޅުމާއި ގުޅިގެން އެބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނިމިދިޔަ ދައުރުގެ ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރައްވާފައިވާ މަޙްމޫދު އަޙްމަދާއި، ފ. ދަރަބޫދޫ ކައުންސިލުގެ ރައީސް ކަން ކުރައްވާފައިވާ އަލީ މުޙައްމަދު ވަނީ ޖޭޕީއާއި ގުޅިފައެވެ.

ގާސިމް ވަނީ އެ ބޭފުޅުން ކުރިން އުޅުއްވި ސިޔާސީ ޕާޓީ ދޫކުރައްވާ، ޖޭޕީއާއި ގުޅިވަޑައިގެންނެވީތީ އެދެބޭފުޅުންނަށް މަރުޙަބާއާއި ޝުކުރުދަންނަވާފައެވެ.

މިއާއިއެކު ގާސިމް ވަނީ ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ދިރިއުޅުއްވާ މިފަދަ ޚިދުމަތްތެރީން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖޭޕީއާއިއެކު ސިޔާސީ ކަމަރު ބަންނަވާ، ގާސިމް އާއިއެކު ރިޔާސީ ދަތުރު ގައި ބައިވެރިވެލެއްވުމަށް އެދިފައެވެ.

މި ދެ ބޭފުޅުންގެ އިތުރުން ފ. އަތޮޅުގެ ނިލަންދޫ ދާއިރާއާއި އަދި ބިލެތްދޫ ދާއިރާއިން ގިނަ އަދަދެއްގެ މެމްބަރުންތަކެއްވެސް ވަނީ ޖޭޕީއާއި ގުޅިފައެވެ.

ފ. ނިލަންދޫ ދާއިރާއިން 56 މެމްބަރުން އަދި ބިލެއްދޫ ދާއިރާއިން 60 މެމްބަރުން ވަނީ އަލަށް އެޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ގާސިމް ވަނީ މި މެންބަރުންނަށްވެސް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.

މިއާއިއެކު ޕާޓީގެ މެމްބަރޝިޕް އިތުރުކޮށް، ރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ޖުމްހޫރީ ޕާޓީ ގެ މެންބަރުން ހަރަކާތްތެރިކަން އިތުރުކޮށް، ރައްޔިތުންގެ ކުރިމަގަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕާޓީއަށް ކާމިޔާބު ކުރުމަށް މެންބަރުންގެ ބަދަހި ސަފުތައް އަވަހަށް ރުކުރަވާލައްވަން ވެސް ގާސިމް ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.