އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުޙައްމަދު އަދި ސީއެންއެންގެ ޑިރެކްޓަރު-ސޭލްސް އަބިޖީތު ދަރު ސޮއިކުރައްވަނީ
ވިޔަފާރި
11 May 2023 | 16:18
އެމްއެމްޕީއާރުސީއިން ސީއެންއެންއާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލްއާއެކު އިޝްތިހާރު ކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

28 ފެބްރުއަރީގައި އެމްއެމްޕީއާރުސީގެ މައި އޮފީހުގައި ބޭއްވުނު ސޮއިކުރުމުގެ ޙަފްލާގައި އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، ތޮއްޔިބު މުޙައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ސޮިކުރައްވާފައިވަނީ ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލްގެ ޑިރެކްޓަރު-ސޭލްސް އަބިޖީތު ދަރުއެވެ.

މިކަމާއި ގުޅީގެން އެމްއެމްޕީއާރުސީ އިން މިއަދު ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ މޭ މަހާއި، ޖޫންމަހުގެ ތެރޭގައި ކުރިއަށްދާ މި ގްލޯބަލް ކެމްޕޭންގައި، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި، ތިމާވެށީގެ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް، އަދި ހާއްސަކޮށް މި ރޮނގުން ހިންގާ މަޝްރޫއުތަކަށް އަލިއަޅުވާލާ ޕްރޮމޯޓުކޮށް، އެންވާރަމަންޓަލ-ީކޮންޝަސް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ރާއްޖެއިން ހިންގާ ހަރަކާތްތައް ޕްރޮމޯ ޓުކުރާނެ ކަމަށެވެ.

އެގޮތުން، ރީސައިކަލްކޮށްފައިވާ ރިސޯޓް އިންޓީރިއާތަކުން ފެށިގެން ވޮލަންޓިއަރުން ހިންގާ ކޮންޒަވޭޝަން ޕްރޮގްރާމްތަކަށާއި މިފަދަ ކަންކަމަށް މުޖުތަމަޢުއިން ދޭ ސަމާލުކަމަށް އަލިއަޅުވާލާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވެއެވެ. އަދި މި ކެމްޕޭނުގައި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ސަގާފަތް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ރައްޔިތުންނަށް ޙާއްސަކޮށް އަލިއަޅުވާލާނެ ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ޕާޓްނަޝިޕާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު ފާ ގޮތުގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖެ ވަނީ ކުރީ ސަފުގާ ކަމަށެވެ. އަދި މިއީ މި މަސައްކަތުގައި ރާއްޖެއިން ނަގާކިޔާލެވޭ ދިވެހިން ފާހަގަކޮށް، ޕްރޮމޯޓްކުރަންވީ ވަގުތު ކަމަށެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ ސީއެންއެންއާއެކު ވެފައިވާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއްބަސްވުމެއް ކަމަށެވެ.

އަބީޖީތު ދަރު މި ޕާޓްނަޝިޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ވަރަށް ފުރިހަމަ ދުނިޔެ ހައިރާންކުރުވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ.

މިއާއިއެކު ސީއެންއެންގެ ސްޓޯރީ ޓެލިންގ އާއި އެންގޭޖިންގ ބްރޭންޑެޑް ކޮންޓެންޓަކީ ތިމާވެއްޓަށް ސަމާލުކަންދޭ ދަތުރުވެރިންގެ މެދުގައި ދެމެހެއްޓެނިވި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށްވެސް އަބީޖީތު ފާހަގަކުރެއްވިއެވެ.

މި ކެމްޕޭންގެ ތެރޭގައި ސީއެންއެން އިން ޑިޖިޓަލް އަދި ބްރޯޑްކާސްޓް މީޑިއަމްތަކުގައި "ދަ ޖަރނީ މެޓަރސް އިން 2023" ގެ ޝިއާރުގެ ދަށުން ޑެޑިކޭޓެޑް ކޮންޓެންޓް ދައުރު ކުރާނެއެވެ. މީގެ ތެރޭގައި ލިޔުންތަކާއި ވީޑިއޯތަކާއި އިޝްތިހާރުތަކާއ ސޯސަލް މީޑިއާ ޕޯސްޓްތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީ އިން ވަނީ މިއީ ސީއެންއެންއާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން މަސައްކަތް ކުރާ ހަތަރު ވަނަ ފަހަރު ކަމަށް ފާހަގަކޮށް މީގެ ކުރިން ދުނިޔޭގެ ބާޒާރުގައ ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކާމިޔާބު ތިން ކެމްޕޭން ހިންގާފައިވާ ކަމަށް ބުނެފައެވެ.

އަދި މި ކެމްޕެއިންތަކުގެ ތެރެއިން ބެލުންތެރިންނާއި ކިއުންތެރިން ޝައުގުވެރިވާފަދަ ކޮންޓެންޓް ސީއެންއެންއިން ބިނާކޮށް، ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ރާއްޖޭގެ ހޯލިސްޓިކް އެލިމެންޓް ޕްރޮމޯޓްކުރި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.