އިންޓަނޭޝަނަލް ހައުސްކީޕާ ސަމިޓުގައި އެމް.އެޗް.އޭ އިން ރާއްޖެ ތަމްސީލު ކުރަނީ
ހަބަރު
11 May 2023 | 20:59
23 ބައިވެރިންނާއެކު ހައުސް ކީޕާސް އެސޯސިއޭޝަންގެ ޕްރޮގްރާމެއް ހިންގުމަށް އިންޑިއާއަށް!

ރިސޯޓުތަކުގެ ހައުސް ކީޕިން ދާއިރާގެ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމަށް ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ މޯލްޑިވްސް ހައުސް ކީޕާސް އެސޯސިއޭޝަން (އެމް.އެޗް.އޭ) ގެ މުހިންމު ޕްރޮގްރާމެއް ހިންގުމަށް 23 ބައިވެރިންނާއެކު އިންޑިއާގެ މުންބާއީއަށް ފުރައިފި އެވެ. 

ހައުސް ކީޕާސް އެސޯސިއޭޝަނުން މުމްބާއީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ "ޕްރިންސިޕަލްސް އޮފް ކްލީން" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 

އެ ޕްރޮގްރާމާއި ގުޅޭގޮތުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވޮއިސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ޕްރޮގްރާމަކީ އެ އެސޯސިއޭޝަންގެ ފަރާތުން ހައުސް ކީޕިން ދާއިރާގައި ހިމެނޭ ހުރިރާ އެގްޒެކެޓިވް ހައުސް ކީޕަރުންނާއި ލޯންޑަރީ މެނޭޖުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. 

ހައުސް ކީޕާސް އެސޯސިއޭޝަންގެ ފަރާތުން 23 ބައިވެރިންނާއެކު އިންޑިއާގެ މުމްބާއީގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި،  ލޯންޑްރީއާއި ހައުސް ކީޕިންގައި ދިމާވާ އެކި އެކި މައްސަލަތަކާއި، ހައުސް ކީިޕިންއަށް ބޭނުންވާ އެކި ފެބްރިކްއާއި ކެމިކަލްސްތަކާއި ގުޅޭ މައުލޫމާތުތައް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. 

" މިވަގުތު މި ބައިވެރިންގެ ރިސޯޓުތަކުގެ އެމީހުންނަށް ދިމާވެފައި ހުރި މައްސަލަތައް އައިޑެންޓިފައިކޮށް އެ މައްސަލަތައް ހިފައިގެން އަޅުގަނޑުމެން މި ދަނީ މުމްބާއީއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެނބުރި އަންނާނީ އެ ހުރިހާ މައްސަލަތަކަށް ވެސް ޙައްލު ހޯދައިގެން"

ހައުސް ކީޕާސް އެސޯސިއޭޝަންގެ ގެނެރަލް ސެކެޓްރީ 

ހައުސް ކީޕާސް އެސޯސިއޭޝަނުން ބުނީ މުންބާއީގައި ކުރިއަށް ގެންދާ "ޕްރިންސިޕަލް އޮފް ކްލީނިން" ޕްރޮގްރާމަކީ ހައުސްކީޕިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ، ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށެވެ. 

މިފަދަ ޕްރޮގްރާމުތަކުގައި ހައުސްކީޕިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. 

ހައުސް ކީޕާސް އެސޯސިއޭޝަން އަކީ ރިސޯޓުތަކުގެ ހައުސް ކީޕިން ދާއިރާގެ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމަށް ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ ހަމައެކަނި އެސޯސިއޭޝަނެވެ.

2008 ވަނަ އަހަރު ފޯރަމެއްގެ ގޮތުގައި ވުޖޫދުވި މަސައްކަތް ރަސްމީކޮށް އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެން ދިޔައީ 2021 ވަނަ އަހަރުގައެވެ.

އެހިސާބުން ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްސަކޮށް ހައުސް ކީޕިން އާއި ގުޅުންހުރި ކަންކަން ޕްރޮމޯޓުކޮށް، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުރިއެރުމަށް އެ އެސޯސިއޭޝަނުން ދަނީ ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ.

އެގޮތުން އެ އެސޯސިއޭޝަން މެދުވެރިވެގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރާއްޖެއިން ބޭރުގައި ތަމްސީލު ކުރެވޭނެ ފަހި ފުރުސަތުތަކެއް ދަނީ ހޯދާދެމުން ނެވެ. ރާއްޖެއިން ބޭރުގައި ބާއްވާ އެކި ސެމިނާތަކާއި ފޯރަމްތަކުގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ދައްކާލެވޭނެ ފުރުސަތުތައް ހައުސް ކީޕާސް އެސޯސިއޭޝަނުން ދަނީ ފޯރުކޮށްދެމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.